ads
ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާ މިނިސްޓްރީއާއި ހަވާލުކުރުން -- ފޮޓޯ : ސްޓެލްކޯ
ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް ސްޓެލްކޯއިން މަރާމާތު ކޮށްފި
ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާ މިނިސްޓްރީއާއި މިއަދު ހަވާލުކޮށްފި އެވެ.

މި ބްލޮކް ޖެންޑާ މިނިސްޓްރީ އާއި ހަވާލު ކުރެވުނީ އެކަމަށްޓަކައި ސްޓެލްކޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ މަސައްކަތް ނިންމާ މިނިސްޓްރީއާއި ހަވާލުކުރި ލިއުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއެ ކުރެއްވީ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އެވެ. މި ލިޔުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީ އެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު މުހައްދުދީދީ ވިދާޅުވީ، މިއަދަކީ މިނިސްޓްރީއަށްވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، އެ މަސައްކަތަކީ ފަހަރެއްގައި ކުޑަ ކަމެއްގެ ގޮތުގައި ބަޔަކަށް ވިސްނިދާނެ ކަމެއް ނަމަވެސް އޭގެ ސަބަބުން ބައެއްގެ ހަޔާތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، ހާއްސަ އެހީއަށްބޭނުންވާ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތު ނުކޮށް އަދި ބޭނުން ނޮކޮށް ހުންނަތާވެސް ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން، ކޮށްފައިވާ އަގުހުރި މަސައްކަތަށް މެނޭޖިން ޑިރެކްޓަރ މުޣުނީއަށާއި، އެކަމުގައި އަމަލީގޮތުން ބައިވެރިވި، އެންމެހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް މިނިސްޓަރު އައިޝަތު ވަނީ ދަންނަވާފަ އެވެ.  

"މިވަގުތުވެސް މަރުކަޒުގައި އެބަތިބި 199 މީހުން. މިއީ ހަމަ ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ އަދަދެއް. ވެއިޓިން ލިސްޓެއްގައި މިހާރުން މިހާރަށްވެސް އެތަނަށް ގެންދަންޖެހޭ މީހުން އަބަދުވެސް ތިބޭ. އެހެންވީމަ މިއަދު މި ވޯޑް ހަވާލުކުރުމާއި ގުޅިގެން 28 ޖާގަ އިތުރުވެގެން މިދިޔައީ. މި 28 ޖާގައިގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަދި އެމީހުންގެ ތަކުލިފުތަކަށް ބަދަލެއް މިގެނެސްދެވުނީ. އެއީ ކަންނޭގެ ތިބޭފުޅުން ތިކުރައްވާ އިޖުތިމާއީ ހިދުމަތުގައި އަގު ހުންނަ ސަބަބަކަށް ވެގެން މިދަނީ" މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.

your imageކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާ މިނިސްޓްރީއާއި ހަވާލުކުރުން -- ފޮޓޯ : ސްޓެލްކޯ

މިނިސްޓަރުގެ އިތުތުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ހާއްސަ އެހީއަށްބޭނުންވާ މަރުކަޒުގައި ކުރެވުނު މަސައްކަތުގެ ސަބަބުން މުޅި ކުންފުންޏަށްވެސް ހާއްސަ އުފަލެއް ލިބިގެންދާކަމަށެވެ. 

"އަޅުގަނޑުމެންގެ މިކުންފުންޏަކީ ޔުޓިލިޓީ ހިދުމަތް ދޭ ކުންފުންޏަކަށްވާއިރު، މިއަދު އަޅުގަނޑުމެންގެ ކުންފުނި ބަދަލުވެފައިމިވަނީ އަޅުގަނޑުމެންނާއި އެއްކޮށް، އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި. އެހެންވީމަ މުޖުތަމައުގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުންވެފައިވާ ފަރާތްތަކާއި، ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، އަޅުގަނޑުމެންގެ އެހީތެރިކަން އެފަރާތްތަކަށް އެބަ ފޯރުކޮށްދެން" މުޢުނީ ވިދާޅުވި އެވެ. 

މީގެ އިތުރުން ސްޓެލްކޯއަކީ ގައުމީ ފެންވަރުގައި ބާއްވާ އެކި އެކި ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ މުޣުނީ ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި މިހިންގިގެންދިޔަ ފަދަ އިތުރު ޕްރޮގްރާމްތައްވެސް ކުރިއަށްއޮތް ތަނުގައި ސްޓެލްކޯއިން ހުއްޓުމެއްނެތި ކުރަމުންގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވާ އެމަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދެވިކަމަށްޓަކައި، ނައިބް ރައީސް ފައިސަލް ނަސީމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށާއި، ޖެންޑާރ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އާއި، މި މަސައްކަތުގައި ޝާމިލުވެ އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް މުޢުނީ ވަނީ ޝުކުރު ދަންނަވާފަ އެވެ.

your imageކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާ މިނިސްޓްރީއާއި ހަވާލުކުރުން -- ފޮޓޯ : ސްޓެލްކޯ

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތު ކުރުމަށް ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި، އެ ބްލޮކްގައި ހުރި 2 ފާހާނާ ކޮޓަރީގެ އާއި، ފާހާނާ ބަރީގައި ހިމެނޭ 6 ފާހާނާގެ ފްލޯ ޓައިލްސް ބަދަލުކުރުމާއި، އެތަނުގައި މިހާރު ސިންކް ބޭނުން ކުރަމުން އަންނަތަން ބަދަލުކޮށް އެތަން ކޮންކްރީޓް ކޮށް ބެއްދުން ހިމެނެއެވެ. އަދި ބަދިގެ ބައިގައި ކޮންކްރީޓް އައްޓެއް ތިރިއައް ތަނބުލާފައި މިހާރު ހުރި އައްޓާއި ގުޅުވާގެން ހެދުމާއި، އަލަށް ހެދި ކޮންކްރީޓް އަށީގެ ބައިގައި މިހާރު ހުރި ވަރައްވުރެ ބޮޑު އަދި ފުން ސިންކެއް ބެހެއްޓުމާއި، އެ މުޅި އަށީގައި ޓައިލްސް ޖަހައި، ބަދިގޭގައި ކަބަޑު ސެޓެއް ހަދައި ހަރުކުރުން ހިމެނެ އެވެ. މީގެ އިތުރުން އެތަނުގެ އެތެރޭގައި ހުރި ރެނދުތައް ރަނގަޅަށް ކޮށައި ފެންވަރު ރަނގަޅު ކެމިކަލްއެއް ބޭނުންކޮށްގެން ބެއްދުމާއި، ޕެސްޓް ކޮންޓްރޯލްކޮށް، އެތަނުގައި ބަދަލު ކުރަން ޖެހިފައިވާ ފަންކާތައް ބަދަލު ކުރުމާއި، އެތަނުގައި ހުރި 21 ކުޑަ ދޮރުގައި ދޮރުފޮތި ހަރުކުރުމާއި، އެމުޅި ތަނުގައި ކުލަލުމުގެ މަސައްކަތް ވަނީ ސްޓެލްކޯ އިން ކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް