ads
ފުވައްމުލަކުގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު - ނައިބުރައީސް ފައިސަލް ނަސީމް -- ފޮޓޯ : އެމްޓީސީސީ
ފުވައްމުލަކުގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފަށައިފި
ފުވައްމުލަށް ސިޓީގަޢި ބޭނުން ކުރަމުން އައި އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި ރަސްމިއްޔާތު މި މަހުގެ 26 ވަނަ ދުވަހު  ބާއްވާފަވާއިރު، މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް  އެވެ.

މި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރާއި، ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއީލް ރަފީޤާއި، ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

your imageފުވައްމުލަކުގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ : އެމްޓީސީސީ 

މި މަސައްކަތަކީ އެމްޓީސީސީގެ ިއޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ މަގްސަދަކީ ފުވައްމުލަކުގައި މި ނެރުތަކުގެ ސަބަބުން ކުރިން ދިމާވެފައިވާފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުން  ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

your imageފުވައްމުލަކުގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ : އެމްޓީސީސީ 

މުޖުތަމައާއި ގުޅުންހުރި މިކަހަލަ މަސައްކަތްތަކުގައި  ހިއްސާވުމަކީ އެމްޓީސީސީ އުފެދުނީއްސުރެ އެ  ކުންފުނީގެ ސަގާފަތުގައި ހިމެނޭކަމެކެވެ.  އެމްޓީސީސީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާއީ ޒިންމާ ވަނީ އަދާކޮށްދީފައެވެ. އެމްޓީސީސީގެ އަމާޒަކީ  އެ ކުންފުނިން ކުރިއަށްގެންގޮސްފައިވާ އެހެނިހެން މަޝްރޫއުތަކެކޭ އެއްފަދައިން، އަމަލީ މަސައްކަތް އިފްތިތާހު މި ކުރެވުނު މަޝްރޫއުވެސް ކާމިޔާބު ކަމާއެކު ނިންމާ ސަރުކާރާ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަވާލުކުރުން ކަމުގައި އެކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް