ads
އަލީ ވަހީދު..
އަލީގެ އަޑުއެހުމެއް މިފެށޭ ނޮވެމްބަރަށް ތާވަލުކޮށްފި
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަަވައިގެން ދައުވާތަކުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމެއް މި ފެށޭ ނޮވެމްބަރު މަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.

ޖިންސީ ގޯނާގެ އެތައް ތުހުމަތެއް ކުރެވިފައި ވަނިކޮށް، ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުން މިދިޔަ ފެބްރުއަރީ މަހު ގާނޫނާއި ހިލާފަށް ދޫކޮށްލި ޕާސްޕޯޓެއްގައި ހަމަ އެދުވަހު ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަނީ ރާއްޖޭއިން ފުރާވަޑައިގެންފަ އެވެ. އޭގެ ފަހުން އޭނާ ހުންނެވީ ޝަރީއަތަށް ހާޒިރުނުވެ، ރާއްޖެއިން ބޭރުގައެވެ. 

ރާއްޖެ އިން ބޭރަށް ވަަޑައިގެންނެވި ގޮތަށް އަލީ އެނބުރި ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. އަލީ އިނގިރޭސި ވިލާތުގައި ހުންނެވި ނަމަވެސް އޭނާގެ ޝަރީއަތުގެ އަޑުއެހުންތަކެއް މީގެ ކުރިން ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބާއްވާފައިވެ އެވެ.

އަލީ ވަހީދަށް ކުރެވޭ ދައުވާގެ ފުރަތަމަ އޮންލައިން އަޑު އެހުން ބޭއްވީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އޮންލައިން އަޑުއެހުމަކަށް ފަހު ޕީޖީން ނެރުނު ބަޔާނެއްގައި ބުނީ އަލީ ވަހީދު، އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވީ އޭނާ ހުރި ތަން ސާފު ނުވާ ގޮތަށް ކަމަށާއި އެ ހުރި ތަން ސާފުވާ ގޮތަށް ޝަރީއަތް ގެންދިއުން ނޫން ގޮތަކަށް ޝަރީއަތް ގެންދަން ދައުލަތުން އިއުތިރާޒް ކުރި ކަމުގައެވެ.  

ޕީޖީން ވަނީ ރާއްޖޭގެ ޖުރިސްޑިކްޝަނުން ބޭރުގައި ހުއްޓާ ވީޑިއޯ ކޮންފަރެންސް ކޮށް ޝަރީއަތުގައި ބައިވެރިވުމަށް ހުއްދަ ދިނުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅާފައެވެ. އެއަށްފަހު އެ މައްސަލަ ނިމެންދެން، އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން އެ ކޯޓުން އޮތީ އަމުރެއް ނެރެފަ އެވެ.

މިހާރު އެ މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

ޕީޖީން އެމައްސަލަ އިސްތިއުނާފު ކުރީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމަށް ހަދާފައިވާ ގަވާއިދުގައިވާ އެއްވެސް ހާލަތަށް އަލީ ވަހީދުގެ މައްސަލަ ނުފެތޭ ކަމަށް ބުނެއެވެ.

މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން އެ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ އަށް ގެނައުމުގެ މަސައްކަތް ފުލުހުން ކުރި ނަމަވެސް މިހާތަނަށް އޭނާ ރާއްޖެ ގެނެވިފައެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް