ads
އަރުޖުން އާއި ބޫމީ…
"ދަ ލޭޑީ ކިލާ "އިން އަރުޖުން އާއެކު ފެންނާނީ ބޫމީ؟
މަޝްހޫރު ފިލްމީތަރި އަރުޖުން ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމް "ދަ ލޭޑީ ކިލާ" ގެ ބަތަލާ އަކަށް ބޫމީ ޕަޑްނާކަރު ހަމަޖެއްހިއްޖެ ކަމަށް ރިޕޯޓުތަށް ބުނެފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން މި ހަބަރު ގެނެސްދިން ނަމަވެސް މިއީ އަދި މުޅިން ޔަގީން ހަބަރެއް ނޫން ކަމަށްވެސް ބައެއް ރިޕޯޓުތަށް ބުނެއެވެ. މިއީ ހަގީގަތެއް ނަމަ ސަސްޕެންސް ފިލްމް " ދަ ލޭޑީ ކިލާ" ވެގެންދަނީ މި ދެ ތަރިން އެކުގައި ފެނިގެން ދާނެ ފުރަތަމަ ފިލްމަށެވެ.

އަޖޭ ބާލް ޑައިރެކްޓް ކުރާ އަދި ބޫޝަން ކުމާރު ޕްރޮޑިއުސް ކުރާ މި ފިލްމް އުފެއްދުމުގެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. މި ފިލްމުގެ ސްކްރިޕްޓާއި ގުޅޭ ގޮތުން އަރުޖުން ކަޕޫރު ބުނިގޮތުގައި ސްކްރިޕް ކިޔާލުމުން ވަރަށް އަސަރުކޮށް މި ފްލިމާ މެދު ކުރެވޭ އުންމީދު އާ ވެއްޖެ ކަމަށެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރުންނާއި އެކު މަސައްކަތް ފަށަން ކެއްމަދުވެފައި ހުރި ކަމަށް އަރުޖުން ހާމަކުރިއެވެ.

" ދަ ލޭޑީ ކިލާ"ގެ މައްސަކަތް މުޅިން ނިންމައި ވަރަށް އަވަހަށް ބެލުންތެރިންނާއި ހަމައަށް މި ފިލްމް ގެނެސްދެވޭނެ ކަމަށް ޕްރޮޑިސަރުން ވަނީ ބުނެފައެވެ.

" ދަ ލޭޑީ ކިލާ" ކިލާގެ އިތުރަށް އަންނަ 2022 ވަނަ އަހަރު ބޫމީ ދެ ފިލްމަކުން ފެނިގެންދާނެ އެވެ. އެއީ ބަދާއިހޯ އާއި ރަކްޝާ ބަންދަންއިންނެވެ. އަދި އަރުޖުން ކަޕޫރު އަންނަ އަހަރު ފެނިގެންދާނީ އޭކް ވިލަން ރިޓާން އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް