ads
މާފަރު ހެލްތް ސެންޓަރުގެ މިހާރުގެ ހާލަތު
މާފަރު ސިއްހީ މަރުކަޒު ވަގުތީގޮތުން ޕްރީ ސްކޫލަށް ބަދަލުކޮށްފި
ނ. މާފަރު ސިއްހީ މަރުކަޒުގެ މަރާމާތު މަސައްކަތް ކުރުމަށް މަރުކަޒުގެ މަސައްކަތްތަކާއި، ބަލި މީހުން ބެލުން އެރަށު ބާ ޕްރީސްކޫލަށް ބަދަލުކޮށްފި އެވެ.

ހެލްތު ޕޯސްޓެއްގެ ގޮތުގައި ސިއްހީ ހިދުމަތްދޭން ފެށި އެ މަރުކަޒު ސިއްހީ މަރުކަޒަކަށް ބަދަލުކުރިތާ 16 އަހަރު ވަނީ ވެފައެެވެ. މިދިޔަ ދިގު މުއްދަތުގެ ތެރޭގައި އެކަށީގެންވާ އެއްވެސް މަރާމާތެއް އެ މަރުކަޒުގައި ކޮށްފައެއް ނުވެއެވެ. އެހެން އޮއްވައި 2019 ވަނަ އަހަރު ކުރި ވަރުގަދަ ވިއްސާރައެއްގައި ތަނުގެ ފުރާޅު އެއްލާލައި ހާލަތު ކުރިޔަށްވުރެ ވެސް ގޯސްވިއެވެ. 

އޭގެފަހުން ދެއަހަރު ވެ، އެއްވެސް މަރާމާތެއް ނުކުރެވި ގިނަދުވަސްތަކެއް ވެފައިވާއިރު މިފަހަކުން ވަނީ ބަލި މީހުން ބެލުމަށް ހާއްސަކޮށްފައި ހުންނަ ޑޮކްޓަރުގެ ކޮޓަރީގެ ސީލިންގު ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފައެވެ.  އެތަނުގެ ތެރޭގައި ބަލި މީހުން ބެލުން އެންމެ އެކަށީގެން ނުވާ މިންވަރަށް މަރުކަޒުގެ ހާލަތު ދަށް ވެ، އެތަނުގައި ޑޮކްޓަރުވެސް އިންނަން ބިރުގަންނަ ހިސާބަށް ދިއުމުން މިފަހުން އެމައްސަލަ ފެންމަތިވުމާއި ގުޅިގެން އެ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. 

ސޮނެވާ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ސޮނެވާ ޖާނީގެ އެހީގައި މާފަރު ހެލްތް ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް މިއަދު ފެށުނުއިރު މި މަސައްކަތް ނިމެންދެން މަރުކަޒު ހިންގުން ވަނީ ރަށު ކުރީގެ ޕްރީސްކޫލަށް ބަދަލުކޮށްފައެވެ. 

މާފަރު ހެލްތް ސެންޓަރުގެ މެނޭޖަރު ސައިފުﷲ އަހުމަދު "ސީއެންއެމް"އަށް ވިދާޅުވީ، ސިއްހީ މަރުކަޒުގެ މަރާމާތު މަސައްކަތްތައް ނިމެންދެން ސިއްހީ ފަރުވާ ހޯދުމަށް އަންނަ ފަރާތްތަކަށް އެ ހިދުމަތް ފަސޭހަ ކަމާއިއެކު ފޯރުކޮށްދެވޭނެ އިންތިޒާމު ޕްރީސްކޫލުގައި ހަމަޖައްސާފައިވާ ކަމަށެވެ. 

ސިއްހީ މަރުކަޒުގެ މަރާމާތު މަސައްކަތް އަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

" އަށް ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް މި ލަފާކުރަނީ. އެއީ ބައެއް އެއްޗެހި މާލެއިން ގެންނަން ޖެހޭތީ ދިމާވާ ކުޑަކުޑަ ދަތިކަމެއް މި އިންނަނީ. އަށް ދުވަސް ނުވަތަ އެއަށްވުރެ އަވަހަށްވެސް ނިންމާލެވިދާނެ އެއްޗެހި ލިބިއްޖެ ކަމަށްވާނަމަ." ސައިފުﷲ ވިދާޅުވިއެވެ.

ސޮނެވާ ޖާނީގެ އެހީގައި މަރުކަޒުގެ ހުޅަނގު ފަރާތު ފުރާޅު އެއްކޮށް ނަނގާ ޓިނު ބަދަލުކުރެވިގެންދާނެއެވެ. އަދި އަސްކަނީގެ ސީލިންއާއި، ބަލިމީހުން ބަލާ ޑޮކްޓަރުގެ ރޫމާއި، ލޭބާ ރޫމްގެ ސީލިންވެސް ބަދަލުކުރާނެއެވެ. އޭގެ އިތުރުން މަރުކަޒުގެ ހަލާކުވެފައިވާ ހުރިހާ ދޮރުތަަކެެއްވެސް ބަދަލުކޮށް މަރުކަޒުގެ ކުލަ އާ ކުރާނެއެވެ. 

މަރުކަޒުގެ ހާލަތު ގޯސްވެ، މީޑިއާތަކުގެ ޕްރެޝަރުތަކާއިއެކު މަރުކަޒުގެ މަރާމާތު މަސައްކަތް ފެށުނުއިރު، އެ މަރުކަޒު ހެލްތު ޕޯސްޓަކުން ސިއްހީ މަރުކަޒަކަށް ބަދަލުކުރިތާ 16 އަހަރު ވަނީ ވެފައެެވެ. މިދިޔަ ދިގު މުއްދަތުގެ ތެރޭގައި އެކަށީގެންވާ އެއްވެސް މަރާމާތެއް އެ މަރުކަޒުގައި ކޮށްފައެއް ނުވެއެވެ. އެހެން އޮއްވައި 2019 ވަނަ އަހަރު ކުރި ވަރުގަދަ ވިއްސާރައެއްގައި ތަނުގެ ފުރާޅު އެއްލާލައި ހާލަތު ކުރިޔަށްވުރެ ވެސް ގޯސްވިއެވެ. 

އޭގެފަހުން ދެއަހަރު ވެ އެއްވެސް މަރާމާތެއް ނުކުރެވި ގިނަދުވަސްތަކެއް ވެފައިވާއިރު މިފަހަކުން ވަނީ ބަލި މީހުން ބެލުމަށް ހާއްސަކޮށްފައި ހުންނަ ޑޮކްޓަރުގެ ކޮޓަރީގެ ސީލިން ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފައެވެ.

އެތަނުގައި އިންނަން ޑޮކްޓަރުވެސް ބިރުގަނެ ބަލިމީހުން ޑޮކްޓަރަށް ދައްކަން އިންކާރުކުރަން ފެށުމުން އެންމެ ފުރަތަމަ ބަލިމީހުން ބެލުން މަރުކަޒުގެ އޮފީސް ބަޔަށް ބަދަލުކުރިއެވެ. އޭގެފަހުން މަރާމާތުގެ މަސައްކަތް ފެށިގެން އެމަސައްކަތް ނިމެންދެން ޕްރީސްކޫލެއްގައި މަރުކަޒުގެ މަސައްކަތްތައް ފަށީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް