ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޖިމީ އާއި ލަހޫ…
އަމްޖޭގެ "ޑައިރީ" އަށް ލަހޫ އާއި ޖިމީ!
ކުޅަދާނަ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ހަދަން ނިންމާފައިވާ ސީރީޒް "ޑައިރީ" އަށް ކާމިޔާބު އެކްޓަރު އިބްރާހިމް ޖިހާދު (ޖިމީ) އަދި އަރަމުން އަންނަ ތަރި އައިޝަތު ލަހުފާ(ލަހޫ) ހަމަޖައްސައިފިއެވެ.
Advertisement

އަމްޖޭ ބުނީ އެ ދެ ފަންނާނުންގެ އިތުރުން ވެސް ވަރުގަދަ ކާސްޓެއް މި ސީރީޒުން ފެންނާނެ ކަމަށާއި ނަމަވެސް އެއީ ކޮން ބައެއް ކަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

"ޑައިރީ" ގެ ކޮންމެ އެޕިސޯޑެއްގައި ތަފާތު ވާހަަކަ އެއް ދައްކުވައިދޭނެ ކަމަށް އަމްޖޭ ބުނާ އިރު އެ ސީރީޒްގެ ސްކްރީން ޕްލޭ ވެސް ތައްޔާރު ކޮށްފައި ވަނީ އަމްޖޭ އެވެ.

އަމްޖޭ ބުނީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

"ޕޭޕަރ ވޯކްސް ތައް ހުރީ ނިމިފަ. ލީޑު ދެ ތަރިން އަދި މި އިއުލާން ކުރީ. ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ނިންމާފައިވަނީ," އަމްޖޭ ބުންޏެވެ.

ސީރީޒް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގައެވެ. އެކަމާއި ބެހޭ ގޮތުން އަމްޖޭ އަދި ވަކި އެއްޗެއް ނުބުނެއެވެ.

ކޮވިޑްގެ ބަލިމަޑު ކަމަށް ފަހު އަމްޖޭ ހެދި ފުރަތަމަ ސީރީޒް "ބްރިޖް" އަންނަ މަހުގެ 13 ވަނަ ދުވަހު ބައިސްކޯފުން ދައްކަން ފަށާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް