ads
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ފޮޓޯ: ހޯމް މިނިސްޓްރީ
ނޫސްމަޖައްލާ ތަކުގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް ހޯމް މިނިސްޓްރީން އެދިއްޖެ
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްމަޖައްލާތަކުގެ މައުލޫމާތު އަޕްޑޭޓް ކުރުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ ނިޝާނާ ހަސަން ވިދާޅުވީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްމަޖައްލާގެ ދަފްތަރުގައި ވޭތުވެދިޔަ އަހަރުގެ ނިޔަލަށް 228 ނޫސް މަޖައްލާ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އޭގޭތެރޭގައި އެއްގޮތަކަށްވެސް އަޕްޑޭޓް ކުރަމުން ނުދާ ނޫސްތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ 2020 އަހަރުގެ 31 ޑިސެމްބަރ ގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ މައުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ މި ހިނގާ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 13:30 ގެ ކުރިން މައުލޫމާތަށް އައިސްފައިވާ ބަދަލު އެނގޭނެހެން ސިޓީއަކުން ހޯމް މިނިސްޓްރީއަށް  ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އޭގެ އިތުރުން ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމަށްފަހު ނޫހުގެ މަސްއޫލުވެރިޔާ، އެޑިޓަރު، އިދާރާ، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ފަދަ މައުލޫމާތަކަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެކަން ހޯމް މިނިސްޓަރީ އަށް އެންގުމަށްވެސް މިނިސްޓްރީން އެދިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް