ads
ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގެ ސިސްޓަމް ގާއިމް ކުރުމަށް މޯލްޑިވް ގޭސްއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ: އެޗްޑީސީ
ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދޭން މޯލްޑިވްގޭސް އާ ހަވާލުކޮށްފި
ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުން މޯލްޑިވްސް ގޭސް އާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމްއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. 

މިއީ މިގޮތަށް ސޯޝަލް ހައުސިންގ މަޝްރޫއެއްގައި ރާއްޖޭގައި ކުރާ ފުރަތަމަ މަސައްކަތެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމާފައިވަނީ، ހިޔާ ފުލެޓްތަކަކީ ނިސްބަތުން އުސް އިމާރާތް ތަކަކަށްވާތީ، ގޭސް ފުޅިއަރުވާ ބޭލުމުގައި އާއްމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށް ކަމަށެެވެ.

އޭގެ އިތުރުން ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.

މި ހިދުމަތް ދިނުމަށް  20 އަހަރު ދުވަހުގެ މުއްދަތަކަށް މޯލްޑިވް ގޭސް އަށް ދެވިފައިވާއިރު މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ގާއިމުކޮށްގެނެވެ. 

މި މަސައްކަތް ކުރެވިގެން ދާނީ އެމްއެންޑީއެފްގެ ރެގުލޭޝަންސްތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ. އަދި މި މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް