ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓުތަކަށް އަމާޒުކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް އިވެންޓް ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ސޯލިހް ލަންޑަނަށް ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
ރައީސް ސޯލިހް އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން، ޑަބްލިއުޓީއެމް އަށް ވަޑައިގެންނެވީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ މި އަހަރުގެ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26) ގައި ބައިވެރިވެވަޑައިގަތުމަށްފަހު އެވެ.
މިއީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިޔެއް މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.