ads
އޮކްޓޯބަރު 28 ވަނަ ދުވަހު ފޭސްބުކްގެ ސީއީއޯ މާކް ޒަކަރބާގް ފޭސްބުކް ލައިވްކޮށް- ފޮޓޯ: އޭއެފްޕީ
ފޭސްބުކް އިން ފޭސް ރިކޮގްނިޝަން ސިސްޓަމް ހުއްޓާލައި، ޑޭޓާ ޑިލީޓްކުރަނީ
ފޭސް ރިކޮގްނިޝަން ސިސްޓަމް ހުއްޓާލައި، ޑޭޓާ ޑިލީޓްކުރަން ނިންމާފައިވާ ކަމަށް މަޝްހޫރު ސޯޝަލް މީޑިއާ ޖައަންޓް ފޭސްބުން އިން ބުނެފި އެވެ.

ޓެކްނޯލޮޖީގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ގައުމުތަކުގެ ސަރުކާރުތަކާއި ފުލުހުން ތުހުމަތު ކުރަމުން އަންނަ ދަނޑިވަޅެއްގައި ފޭސްބުކް އިން ވަނީީ އެއް ބިލިއަނަށް ވުރެ ގިނަ މީހުންގެ ފޭސްޕްރިންޓް ޑިލީޓްކޮށް އެ ސިސްޓަމް ހުއްޓާލާނެ ކަމަށް ފޭސްބުކް އިން ބުނެފަވެއެވެ. 

ފޭސްބުކްގެ އާ ޕޭރެންޓް ކުންފުނި "މެޓާ"ގެ އާޓިފިޝަލް އިންޓެލިޖެންސްގެ ވައިސް ޕްރެޒިޑެންޓް ޖެރޮމް ޕްރެޒެންޓީ ވިދާޅުވީ މިއީ ފޭޝަލް ރިކޮގްނިޝަން ޔޫސޭޖުގެ ތާރީހުގައި ވެސް މިހާ ބޮޑު ބަދަލެއް ގެންނަ ފުރަތަމަ ފަހަރު ކަމަށެވެ. 

ފޭސްބުކް އިން ހިންގާފައިވާ ގަވާއީދާ ހިލާފު އެތައް ކަމެއް ފެންމަތިވެ އެ ކުންފުނީގެ މޫނުމަތި ވަރަށް ބޮޮޑަށް ކިލަނބުވެފައި ވަނިކޮށް ބުރާސްފަތި ދުވަހު އެ ކުންފުނިން ވަނީ ޕޭރެންޓް ކުންފުނީގެ ނަން މެޓާއަށް ބަދަލުކޮށްފައެވެ. ނަމަވެސް ސޯޝަލް ނެޓްވޯކްގެ ނަން ބަދަލުކޮށްފައެއް ނުވެއެވެ. 

ފޭސްބުކް އިން ފޭސް ރިކޮގްނިޝަން ސިސްޓަމް ތައާރަފް ކުރިތާ މިހާރު ދިހަ އަހަރު ވެފައިވާ އިރު އެކި ގައުމުތަކުގެ ކޯޓުތަކުން އަދި ރެގިއުލޭޓަރުން ވަނީ އެ ސިސްޓަމް އެ ގައުމުތަކުގައި ބޭނުން ނުކުރެވޭނެ ކަމަށް އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް