ads
ނޫރާ، ސީޒަން އަދި އާނަންދު....
ސީޒަންގެ "ދޯދި" ޝޫޓިން ފެށިގެން ބާރަށް ކުރިޔަށް!
ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަންގެ އާ ވެބް ސީރީޒް "ދޯދި" ގެ ޝޫޓިން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ސީޒަން ބުނެފިއެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން ސީޒަން ބުނީ، އެ ސީރީޒްގެ ޝޫޓިން އެއް މަސް ދުވަހަށް ތާވަލް ކޮށް ނިމިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ފެށިގެން ކުރިއަށްދާ ކަމަށެވެ.

އަހުމަދު ޒަރީޒް ލިޔެ ސްކްރީން ޕްލޭ ތައްޔާރުކޮށްފައިވާ އެ ސީރީޒް އަކީ ދެ ރަށެއްގައި ދިރިއުޅޭ ދެ ބައެއްގެ ވާހަކަ ދައްކުވައިދޭނެ ފެމިލީ ޑްރާމާ އެކެވެ.

ސީޒަން ވާހަކަ ދައްކަމުން ބުނީ، "ދޯދި"ގެ މަންޒަރުތައް ނަގަމުންދަނީ އދ. ފެންފުށީގަ އާއި އދ. މާމިނގިލީގައި ކަމަށެވެ.

އަހުމަދު ގިޔާސް (ގީސް) އެޑިޓިިންގެ މަސައްކަތްކުރާ އެ ސީރީޒްގެ ޝޫޓިން ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރަމުން ބުނީ، ދެ ރަށުގައި ނަގަންޖެހޭ މަންޒަރުތައް ވެސް އެއްވަރަކަށް ނަގަމުންދާ ކަމަށާއި ޝޫޓިންގެ 60 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. ސީޒަން އިތުރަށް ބުނީ މިދުވަސްވަރު މޫސުން ގޯސް ކަމުން ޝޫޓިން ކުރިއަށް ގެންދިޔުމަށް ކުޑަ ދަތިތަކެއް ހުރި ކަމަށެވެ.

މީޑިއާނެޓުން ތައްޔާރުކުރާ އެ ސީރީޒްގައި ވަރުގަދަ ކާސްޓެއް ހިމެނެއެވެ. "ދޯދި" ގެ ލީޑު ރޯލުން ފެނިގެންދާނީ އަހުމަދު އީސަ(އާނަންދު) އާއި އައިމިނަތު ނޫރާގެ އިތުރުން އަންޝާން(އަންޝު) އެވެ. މިތަރިންނާއި އެކު ރަޝީދު(ދަރާބެ) އާއި އަލަށް ތައާރަފްވާ ދެ ތަރިން ކަމަށްވާ އަލީފް އަދި ސަނާގެ އިތުރުން އެ ދެ ރަށުގެ ފަންނާނުން ވެސް ފެންނާނެއެވެ.

"ދޯދި" ރިލީޒްކުރާނެ ވަކި ތާރިހެއް އަދި އިއުލާނު ނުކުރާއިރު އެ ސީރީޒަކީ ސަމާހް އިބްރާހީމް އާއި ޝިވާޒް(މާސްކޭ) ކެމެރާ ކުރާ ސީރީޒެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް