ads
ސީޕީ ހަމީދު އަދި މިނިސްޓަރ އިމްރާން…
މިނިސްޓަރު އިމްރާން އަދި ސީޕީ ހަމީދު ރަސްމީ ދަތުރުފުޅެއްގައި 4 އަތޮޅަކަށް!
މިނިސްޓަ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަޕަ ނޯތު ޕޮލިސްގައި ހިމެނޭ އަތޮޅުތަކުގެ ބައެއް ރަށްރަށަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

މިނިސްޓަރ އަދި ސީޕީގެ މި ދަތުރުފުޅުގައި ހއ. ހދ. ށ. އަދި ނޯތު ޕޮލިސްގައި ހިމެނޭ ރ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދުން ފެށިގެން މިމަހު ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ އެ ދަތުރުފުޅުގައި، ހއ. އަތޮޅަށް ވަޑައިގެން ތުރާކުުނުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެ ރަށުގެ ޕޮލިސް ޑެސްކު ހުޅުވައިދެއްވުމަށް ހަމަޖެހިފައި ވެއެވެ. 

މީގެ އިތުރުން ހޯރަފުއްޓާއި ހދ. ކުޅުދުއްފުއްޓަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތްް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ށ. ފޭދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ. އެއަށްފަހު ރ. އަތޮޅަށް ވަޑައިގެން ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމުގެ އިތުރުން އެ އަތޮޅު އުނގޫފާރަށް ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަ އޮފް ޕޮލިސް އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް