ads
އަނުޝްކާ ދަރިފުޅު ވަމިކާ އެކު-
އަނުޝްކާ އާއި ވިރާޓްގެ ދަރި ރޭޕްކޮށް މަރާލާނެކަމުގެ އިންޒާރު
ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީގެ ދަރި ވަމިކާ ރޭޕްކޮށް މަރާލާނެކަމުގެ އިންޒާރު މީހަކު ދީފި އެވެ.
Advertisement

ވިރާޓް އާއި އަނުޝްކާގެ ދަރި ވަމިކާއަށް އަދި އެއް އަހަރު ވެސް ނުފުރެއެވެ. 

ސޯޝަލް މީޑިއާގައި ވިރާޓް އަދި އަންހެނުން އަނުޝްކާއަށް އިންޒާރު ދިން މީހާ ބުނީ ވަމިކާ ރޭޕްކުރުމަށް ފަހު މަރާލާނެ ކަމަށެވެ. 

މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާން އަތުން އިންޑިއާ ބަލިވުމުން އިންޑިއާ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ޝާމީއަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

އެގޮތުން ފާޑުކިމީހުން ވަނީ އޭނާ އަކީ ޕާކިސްތާނަށް ވިކިފައި ހުރި ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ ގައުމު ވިއްކާލާފަ ހުރި މީހެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ޝާމީއަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ވިރާޓް ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކާފައެވެ. އެގޮތުން ވިރާޓް ބުނީ ދީނާ ގުޅުވައިގެން މީހަކަށް ފުރައްސާރަކުރުމަކީ އިންސާނަކަށްވެ ހުރެ އޭނާއަށް ފެނުނު “އެންމެ ތާކުންތާކު ނުޖެހޭކަން” ކަމަށެވެ.  

ނަމަވެސް ޝާމީއަށް މީހުން ކިޔާ ފާޑުކިޔުންތައް ނުހުއްޓުނުތާ މީހުން ވިރާޓް އާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރުތައް ވެސް ފޮނުވަން ފެށިއެވެ. 

ވިރާޓްގެ ދަރިފުޅު ރޭޕްކޮށް މަރާލާނެ ކަމަށް އިންޒާރުދިން މައްސަލަ އިންޑިއާ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންނެވެ.

17%
ކަމުގޮސްފި
28%
އަޑުއެހިތާ މިހުރީ
39%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް