ads
ޖަޔާ ބައްޗަން…
ޖަޔާ ހަޔާތުގައި ވެސް އަލަށް ނުބައިބާ ރޯލެއް ކުޅެނީ!
އަމީތާބު ބައްޗަން ގެ އަންހެނުން ޖަޔާ ބައްޗަން އޭނާގެ ހަޔާތުގައި އަލަށް ނުބައިބާ ރޯލެއް ކުޅެން ލިބުމުން އުނދަގޫތަކާއި ކުރި މަތިވެއްޖެއެވެ.

ތަމަޅަ ފިލްމުތަކުން ވެސް މަޝްހޫރުކަން ހޯދި ޖަޔާ ފުރަތަމަ ފަހަރަށް ވިލަން އެއްގެ ރޯލު ކުޅެނީ ކަރަން ޖޯހަރު ޑައިރެކްޓްކުރާ ”ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ“ ގައެވެ.

އެ ފިލްމަކީ ދަރްމާ ޕްރޮޑަކްޝަންސް އާއި ވަޔަކޮމް18 ސްޓޫޑިއޯސްއިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ޖަޔާ ނޫސްތަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ހަޔާތުގައި ނުބައިބާ ރޯލެއް ކުޅެން ލިބުމުން އެ ރޯލަށް ފިޓްވާން ވަރަށް އުނދަގޫވި ކަމަށެވެ. އަދި އެފަދަ ރޯލެއް ކުޅެން ލިބުމުން ޝޮކެއްގެ ތެރޭގައި ވެސް ހުންނަން ޖެހުނު ކަމަށެވެ.

މިހާރު ޝޫޓިން ފެށިގެން ކުރިއަށްދާ “ރޮކޯ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” ގައި ޖަޔާ ކުޅެނީ ލީޑު ބަތަލު ރަންވީރު ސިންގް ގެ މާމަ ގެ ރޯލެވެ.

ރަންވީރު އާއެކު ދެން އެ ފިލްމުން ފެންނާނީ އާލިއާ ބަޓް އެވެ.

ފިލްމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު މި ފިލްމު ވެގެންދާނީ ގިނަ ދުވަސް ތަކަކަށް ފަހު ޖަޔާ ސްކްރީނުން ފެންނާނެ ފިލްމަކަށެވެ.

ޖަޔާ އަކީ “ކަބީ ހުށީ ކަބީ ގަމް” އާއި “ކަލް ހޯ ނަ ހޯ” ފަދަ ފިލްމު ތަކުގައި މޮޅު އެކްޓިން އެއް ދެއްކި ބަތަލާ އެކެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް