ads
ޓިޕް ޓިޕް ބަރްސާ ޕާނީ ގެ ރިމޭކް ގެ ޕޯސްޓަރެއް.
އަކްޝޭ އާއި ކެޓްރީނާގެ "ޓިޕް ޓިޕް ބަރްސާ ޕާނީ" ހިޓަކަށް!
ބޮލީވުޑްގެ ކާމިޔާބު ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްގެ އާ ލަވަ “ޓިޕް ޓިޕް ބަރްސާ ޕާނީ” އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެެއް ލިބިއްޖެއެވެ.

އެ ލަވަ ރިލީޒްކޮށް ޔޫޓިއުބަށް ދޫކޮށްލޮތާ 11 ގަޑި އިރު 11،322،344 އަށް ވުރެއް ގިނަ ވިއުސް މިވަނީ ލިބިފައެވެ.

އެ ދެ ތަރިންގެ “ޓިޕް ޓިޕް ބަރްސާ ޕާނީ” ގެ އާ ވާޝަނަކީ ކުރީ ދުވަހު ރިލީޒްކުރި “ސޫރިޔަވަންސީ” ގައި ހިމެނޭ ލަވައެއް ކަން ފާހަގަކޮށްލެވެއެވެ

އެ ލަވައިގައި ވާރޭ ތެރޭގެ ހިތްގައިމު މަންޒަރުތަކެއް ދައްކުވައިދޭ އިރު ކުރީގެ ލަވައިގެ މަންޒަރުތައް ސިފަވެގެން ދާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކެޓްރީނާ އާއި އަކްޝޭ ފެނިގެންދާ އެ ލަވަ ކިޔާފައިވަނީ އުދިތް ނަރްޔަން އާއި އަލްކަ ޔަގްނިކް އެވެ. އެ ލަވައިގެ ލިރިކްސް ހަދާފައިވަނީ އާނަންދު ބަކްޝީ އާއޮ ތާނިޝްކް އެވެ.

“ސޫރިޔަވަންސީ” ރިލިޒް ކުރިތާ މާ ގިނަ ދުވަހެއް ނުވަނީ އެ ފިލްމު މިހާރު ވަނޯ ލީކު ވެސް ކޮށްލާފައެވެ.

އެހެން ނަމަވެސް ބޮލީވުޑް ބޮކްސް އޮފީހުގައި އެ ފިލްމަށް ރަނގަޅު ކާމިޔާބީ އެއް ލިބެމުން އަންނަ އިރު ފިލްމީ ކްރިޓިކުން ބުނަނީ އެ ފިލްމަކީ ހުރިހާ ރަހައެއް އެކުލެވޭ ރޯތި ފިލްމެއް ކަމަށެވެ.

“ސޫރިޔަވަންސީ” ގައި ފެނިގެންދަނީ އަކްޝޭ އާއި ރަންވީރް ސިންގް އަދި އަޖޭ ދޭވްގަން އާއި ކެޓްރީނާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް