ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
މިއަހަރުގެ ބަޖެޓަށް އަށް 2.24 ބިލިއަން ރުފިޔާ އިތުރުކުރަން ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސް ކޮށްދީފައިވާ ބަޖެޓުން ހަރަދުތައް ހަމަނުޖެއްސި، ބަޖެޓު އިތުރުކުރަން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހަޅައިފި އެވެ.

މިއަހަރަށް މަޖިލީހުން ފާސް ކޮށްދީފައި ވަނީ 34.9 ބިލިއަން ރުފިޔާގެ ބެޖެޓެކެވެ. މިދިޔަ އަހަރު ބަޖެޓު ހުށަހެޅި އިރު އާމްދަނީ ހޯދަން ކުރާ ކަންކަމާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެެ. 

އަދި ކޮވިޑާއި ގުޅިގެން ހަރަދުތައް އިތުރުވިއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއްވެސް އެޅިއެވެ. ނަމަަވެސް ހަރަދުތައް ހަމަ ނުޖެއްސި އިތުރު 2.24 ބިލިއަން ރުފިޔާ ހޯދަން ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅާފައި ވަނީ އަންނަ އަހަރަށް ލަފާކޮށް މިދިޔަ އާދީއްތަ ދުވަހު ހުށަހެޅި ބަޖެޓާއެކު އެވެ. 

މި ބަޖެޓު ދޭން މަޖިލީހުން ފާސްކޮށްފިނަމަ މި އަހަރުގެ ޖުމްލަ ބަޖެޓު 37.1 ބިލިއަން ރުފިޔާއަށް އަރާނެ އެެވެ. އެ ބަޖެޓާ ގުޅޭ ބަހުސްތައް މިހާރު ދަނީ މަޖިލީހުގައި ހިނގަމުން ނެވެ.

މިއަހަރުގެ ބަޖެޓަށް އިތުރު 2.24 ބިލިއަން ރުފިޔާ އިތުރުކުރަން ހުށަހެޅިއިރު އަންނަ އަހަރަށް ލަފާކޮށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ވަނީ ހުށަހަޅައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް