ads
ގުޅިފައިވާ ކޯލިޝަން ޕާޓީގެ ލީޑަރުން----
ނިޒާމް ބަދަލުކުރުމަށް ޕާޓީތަކުން އަދިވެސް ދެކޮޅު!
ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމާ މެދު އަންނަ އަހަރުގެ ނޮވެމްބަރު މަހު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، 2023 ވަނަ އަހަރު ނިޒާމު ބަދަލުކުރުމަށް ޕާޓީތަކުން އެއްބަސްވެފައި ނުވާނެކަމަށް ސަރުކާރާއި ގުޅިފައިވާ ޕާޓީތަކުން ބުނެފި އެެވެ.
Advertisement

ޕާޓީތަކުން މިހެން ބުނެފައިވަނީ މިރޭ ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި އެފަދަ މޭރުމަކުން ވާހަކަދައްކަވާފައިވާތީއެެވެ. 

ރައީސް ނަޝީދު ފޮނުވި އެ މެސެޖުގައި ވާގޮތުން ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދު ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރުގެ ނޮވެމްބަރުގައި ނަގާނެއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރާނީ 2023 ވަނަ އަހަރުގައި ކަމަށް އެ މެސެޖުގައި ވެއެވެ. އަދި އެކަމަށް ޕާޓީތަކުން އެއްބަސްވާ ފަދަ މޭރުމަކުން ނަޝީދު ވާހަކަދައްކަވާފައިވެއެވެ. 

މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމާލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެއްވުމަށްފަހު ރާއްޖެ ވަޑައިގެންފަހުން ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމަށް އެކި ފަރާތްތަކާއި ރައީސް ނަޝީދު ދަނީ އަނެއްކާވެސް މަޝްވަރާ ކުރަމުންނެވެ. 

އެގޮތުން ރައީސް ސޯލިހް އާއި ކޯލިޝަނުގެ ތެރޭގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަަލަށް އުފެދުނު އެމްއެންޕީއާއިވެސް ވަނީ އެކަމާއި ގުޅޭގޮތުން ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. 

ނަމަވެސް އެކަމާއި ގުޅޭގޮތުން ނިންމަވާ ގޮތެއް އެއިން އެއްވެސް ޕާޓީއަކުން އަދި ރައީސް ސޯލިހްވެސް ހާމަކޮށްފައި ނުވަނިކޮށް ރައީސް ނަޝީދު މިފަދަ ގޮތަކަށް ވާހަކަދެއްކެވުމުން އެކަމަށް ރައްދުދީ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، މިފަހުން ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެމަނިކުފާނާ ބައްދަލުކުރެއްވި ނަމަވެސް ވަކި ކަމަކަށް އެއްބަސްނުވާ ކަމަށެވެ. 

އަދި އެމްއެންޕީން ވެސް އެކަމާއި ގުޅިގެން ބުނީ މަޝްވަރާކުރެވުނު ނަމަވެސް އެ ޕާޓީން ވެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއް ވެފައި ނުވާނެ ކަމަށެވެ. އެޕާޓީން މީގެ ކުރިންވެސް ވަނީ އެކަމަށް ގޮތެއް ނިންމަވާނީ ޕާޓީގެ ކޮމެޓީއާއި ވާހަކަދައްކާފައި ކަމަށެވެ. 

ނިޒާމު ބަދަލުކުރުމާއި ބެހޭގޮތުން މަޝްވަރާއަކަށް ނުގޮސް އޮތީ ސަރުކާރުގެ ކޯލިޝަން ތެރޭ ހިމެނޭ އެމްއާރްއެމްއާއި އަދާލަތު ޕާޓީއާއި އެކުއެވެ. މިވާހަކަތަކާއި ގުޅިގެން އެމްއާރްއެމުން ވެސް ބުނީ ނިޒާމު ބަދަލުކުރުމުގެ އެއްވެސް މަޝްވަރާއެއް އެޕާޓީއާއި ކުރެވިފައި ނުވާކަމަށާއި، އަދި އެފަދަ ކަމަކަށް އެއްްބަސްވެފައި ނުވާނެ ކަމަށެވެ.

އެމްއާރުއެމުން އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް ފެށުނީއްސުރެ ވަކާލާތުކުރަމުންނެވެ. އަދި ރައީސް ނަޝީދު މިފަހުން ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ޕާޓީތަކާއި މަޝްވަރާ ކުރައްވަން ފެއްޓެވުމުންވެސް އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވަނީ އެކަމުގެ ކަންބޮޑުވުމާއިއެކު ރައީސް ސޯލިހް އާއި ބައްދަލުކުރައްވާ ވާހަަކަ ދައްކަވާފައެވެ. 

އަދާލަތު ޕާޓީން ވެސް ބުނީ އެޕާޓީ އާއިއެކު އެފަދަ އެެއްބަސްވުމެއް ނެތްކަމަށާއި އެ ޕާޓީގެ މިވަގުތުގެ އަމާޒު ހުރީ 2023 އަންނަންވާއިރު ސަރުކާރުގެ ވައުދުތައް ފުރިހަަމަކޮށް ފުއްދައިދިނުމަށް ކަމަށެވެ. ނަމަވެސް ރައްޔިތުން އެދޭނަމަ ނިޒާމާ ގުޅޭ ބަހުސްގައި އަދާލަތު ޕާޓީން ބައިވެރިވާނެކަން ފާހަގަކުރިއެވެ. 

ނަޝީދުގެ މިރޭ ފޮނުވި އެމެސެޖުގައި ވާގޮތުން 2023 ގައި ބަރުލަމާނީ ނިޒާމު ރާއްޖޭގައި އެކުލަވާލަން ބޭނުންވަނީ އެއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވަން ބޭނުންފުޅު ނުވާތީއެވެ.

ނަޝީދު ވަނީ އެކަމުގައި ގައުމީ މަޖިލީސް ބައިބައި ނުވެ، އެކަމާއި ފުންކޮށް ވިސްނުމަށް އެދިފައެވެ. ނަޝީދު ވިދާޅުވީ ފުންކޮށް ވިސްނާލުމުން އެއީ ޕާޓީއަށާއި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަ ކަމަށެވެ. 

މިފަދަ މޭރުމަކުން އެމަނިކުފާނު އަނެއްކާވެސް ވާހަކަފުޅު ދެއްކެވިއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ފުރޮޅާލައްވާ ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަވަން ބޭނުންފުޅުވާކަން މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައިވެސް ނަޝީދު ވަނީ ހުދު ރައީސް ސޯލިހް އަށް މެސެޖަކުން ދަންނަވާފައެވެ. ނަމަވެސް އެފަހަރު އެވާހަކައާއި ގުޅިގެން ރައީސް ސޯލިހް މާބޮޑު ސަމާލުކަމެއް ދީފައިނުވާއިރު އޭގެ ސަބަބުން އެމްޑީޕީތެރެ ދެފެކްޝަނަކަށް ބެހި ހަމަނުޖެހުންތައް ޕާޓީގެ އެތެރޭގައި ފެށިގެންދިޔައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް