ads
ކައިވެނީގެ ޕާޓީއަކަށް ދިޔަ މީހުންގެ އަތުން ޕާޓީއަށް ވަންނަން ފީއެއް ނަގައިފި
އެމެރިކާގެ އަންހެނަކު އޭނާގެ ކައިވެނީގެ ޕާޓީއަށް ދައުވަތުދިން މީހުން ޕާޓީއަށް އައުމުން އެމީހުންގެ އަތުން ފީއެއް ނަގައިފި އެވެ.
ކައިވެނީގެ ޕާޓީތައް ބޭއްވުމަށް ބޮޑު ހަރަދެއް ހިނގައެވެ. އެކަމަކު ދުވަހަކު ވެސް މީހަކު އެމީހާގެ ޕާޓީއަށް ދައުވަތު ދިން މީހެއްގެ އަތުން ޕާޓީއަށް އައުމުން "އެންޓްރެންސް ފީ" އެއް ނެގި ވާހަކައެއް އަޑުއެހިން ހެއްޔެވެ. މިފަހަރު މިއޮތީ އެފަދަ ކަމެއް އެމެރިކާގެ އަންހެނަކު ކޮށްފަ އެވެ.

ސޯޝަލް މީޑިއާއަށް މިވާހަކަ ހިއްސާކުރީ ކައިވެނި ކުރި އަންހެން ކުއްޖާގެ ދެބައިންގެ ދެ ދަރި ކުއްޖެކެވެ. އެގޮތުން އޭނާ ބުނީ އުމުރުން 19 އަހަރުގެ އެ އަންހެން ކުއްޖާގެ ކައިވެނީގެ ޕާޓީއަށް ދިޔަ މީހުން، ޕާޓީއަށް ވަނުމަށްޓަކައި 50 ޑޮލަރުގެ ފީއެއް ދައްކަން ޖެހުނު ކަމަށެވެ.

އެކަމަކު އެ ފައިސާ ދައްކާނެ ތަނަވަސްކަން އޭނާގެ ނެތުމުން އޭނާ ކައިވެންޏަށް ނުދާން ނިންމި ކަމަށެވެ. އަދި އެކަން އަންހެން ކުއްޖާއަށް ގުޅާފައި ބުނި ކަމަށާއި އަދި ކައިވެނީގެ ހެޔޮ އެދުންތައް ވެސް އެދިފައިވާނެ ކަމަށް ބުންޏެވެ. ނަމަވެސް އަންހެން ކުއްޖާ އެކަމާ ހިތްހަމަނުޖެހި އާއިލާގެ ބޮޑު މީހަކަށް ގުޅުމުން އޭނާގެ ބޮޑު ދައިތަ މިކަން ސޯޝަލް މީޑިއާގައި ހިއްސާކުރި އަންހެން ކުއްޖާއަށް ގުޅައި ރުޅިވެރިކަމާއެކު ވާހަކަ ދެއްކި ކަމަށްވެސް އޭނާ ބުންޏެވެ.

ކައިވެންޏަށް ވަނުމަށް 50 ޑޮލަރު ދައްކާ މީހުންނަށް ހާއްސަ އިންތިޒާމުތަކެއް އެ ޕާޓީގައި ހަމަޖައްސާފައިވާ ކަމަށްވެސް ވެއެވެ. އެގޮތުން ކިއުގައި ނުޖެހި ހުރިހާ ކަމެއް ކުރެވޭނެ އިންތިޒާމު ހަމަޖެއްސި އެވެ.

މިވާހަކަ ހިއްސާކުރުމުން ކައިވެނި ކުރި ކުއްޖާއަށް ގިނަ ބަޔަކު ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަން ފާހަގަކޮށް މީހުން ވަނީ އެގޮތަށް ލާރި ނަގާނަމަ ކައިވެންޏަށް ދައުވަތު ނުދިނުން މާރަނގަޅު ވާނެ ކަމަށް ބުނެފަ އެވެ.

އަނެއް ބަޔަކު ވަނީ ޕާޓީ ބާއްވަން ފައިސާ ނެތްނަމަ އެގޮތަށް ޕާޓީ ނުބޭއްވުން އެއީ އެންމެ ރަނގަޅު ގޮތް ކަަމަށް ބުނެ ފާޑުކިޔާފަ ވެ.

ކައިވެނި ޕާޓީއަށް ދިޔަ މީހުންގެ އަތުން ޕާޓީއަށް ވަންނަން ފައިސާ ނަގާފައި ވަނީ ޕާޓީއަށް ކުރި ހަރަދު އަނބުރާ ހޯދަން ކަމަށްވެ އެވެ.
20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް