ads
އިސްލާމީ މަރުކަޒަށް ކުޑަކަމު ދިޔަ މީހާ
މާލޭ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ
މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައި އަނެއްކާވެސް ބީލަމަށް ހުޅުވާލައިފި އެވެ.
Advertisement

އެމަސައްކަތް ކުރަނީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން، މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަޝްރޫއުގެ ދަށުންނެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ. 

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިމަހުގެ 17 ވާ ބުދަ ދުވަހުގެ 09:00އާއި ހަމަޔަށް ހުޅުވާލާފައިވާއިރު، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ކައުންސިލުން އެދެއެވެ. ކައުންސިލުން ބުނީ އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

މިސްކިތްތަކުގައި ކެމެރާ ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ އޮގަސްޓު މަހުގެ ތެެރޭގައިވެސް ބުންޏެވެ. މާލޭ ސިޓީ ކައުންސިލުން އެފަހަރު ބުނެފައިވަނީ މާލޭގެ މިސްކިތަކުގައި ކެމެރާ ހަރުކުރަން ނިންމީ މިސްކިތްތައް ރަނގަޅަށް ބަލަހައްޓައި އެތަންތަނަކީ އެކި ފާޑުފާޑުގެ ކުށްތަކާއި ޖަރީމާ ހިންގާ ތަނަކަށް ވިޔަނުދީ މިސްކިތްތަކުގެ ގަދަރާއި ކަރާމާތް ހިފަހެއްޓުމުގެ ގޮތުން ކަމަށެވެ.

ކައުންސިލުން އޭރު ނިންމީ މާލޭގެ ހުރިހާ މިސްކިތެއް އެއް ސީސީޓީވީ ނެޓްވޯކަކުން ގުޅާލާ، ހުރިހާ ކެމެރާއެއް ސިޓީ ކައުންސިލުން މޮނިޓާ ކުރެވޭ ކަހަލަ ނިޒާމެއް ގާއިމު ކުރުމަށެވެ. މިކަމުގައި ކުރަން ޖެހޭ ސާވޭތައް ވެސް ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން އޭރު ބުންޏެވެ. އެފަހަރު އެމަސަކަތް ފެށީ ކޮވިޑް19 އާއި ގުޅިގެން މިސްކިތްތަކުގެ ޖަމާއަތް މެދުކަނޑާލިފަހުން އެތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ތިބޭ ކަމުގެ މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވާން ފަށެމުންނެވެ. އެގޮތުން އާއްމުންގެ ބަޔަކު ނިކުމެ މަސްތުވެގެން ތިބި ބަޔަކު މިސްކިތްތަކުގެ ނެރެ ފުލުހުންނާއި ހަވާލުވެސް ކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ މިސްކިތެއްގައި އެހެން ދީނެއްގެ އަޅުކަމެއް ކުރަން އިން މީހެއްގެ ފޮޓޯ ވެސް މީގެކުރިން ވަނީ އާއްމު ވެފައެވެ. 

މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަނެއްކާވެސް ނިންމައި ބީލަމަށް ހުޅުވާލާފައިމިވަނީ މާލޭގެ އެކި މިސްކިތަކަށް ބައެއް ފަރާތްތަކުން މަސްތުގެ ހާލަތުގައި ވަދެ އެތަނުގެ ހުރުމަތް ކަނޑަމުންދާ ދުވަސްވަރެއްގައެެވެ. އަދި މިފަހުން އެކި މިސްކިތްތަކަށްވަދެ އެތަނުގެ ތެރެއަށް ކުޑަކަމުދިއުމާއި ގުރުއާންއަށް ކުޅު ޖެހި މައްސަލަތަކެއްވެސް ފެންމަތިވެގެންދިޔައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް