މި ފެންއަރުވާ ވަޑާމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ "އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް" އާއެވެ. މި މަސައްކަތް ނިމި މިރޭ ހުޅުވަން ތައްޔާރުކޮށްފައިވާ މި ފެންއަރުވާ ވަޑާން ހުޅުވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ މިރޭ 20:30 ގައެވެ.
ސެންޓްރަލް ޕާކުގައި ހުޅުވާ މި ފެން އަރުވާ ވަޑާމަކީ އިންޓެރެކްޓިވް ވޯޓަ ފައުންޓެއެކެވެ. އެކި ކުލަތަކުން ދިއްލޭގޮތަށް ފަރުމާކޮށްފައިވާ މި މިއުޒިކަލް ފައުންޓެން އިން އެ ޕާކުގެ ފުރިހަމަކަން އިތުރުވެގެންދާނެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޖުމްހޫރީ މައިދާނުގައިވެސް މިއުޒިކަލް ފައުންޓެންއެއް ތަރައްގީކޮށްދީފައެވެ. ނަމަވެސް އެ ފައުންޓެން މިހާރު ބޭނުމެއް ނުކުރެއެވެ.