ads
“ގިރިޓީ ލޯބި” ގެ ލޯޑުން ފެންނާނެ ދެ ތަރިން…
"ގިރިޓީ ލޯބި\" މިމަހު 20 ގައި ރިލީޒްކުރަނީ!
ޑާކްރެއިން އެންޓަޓެއިންމެންޓުންގެ އާ ސީރީޒް "ގިރިޓީ ލޯބި" މި މަހު 20 ވަނަ ދުވަހު ރިލީޒްކުރަން ނިންމައިފި އެވެ.

އެ ސީރީޒަކީ ޑާކްރެެއިންގެ ރީތި ފިލްމުތައް ގެނެސްދިން މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުވާދު ޕްރޮޑިއުސްކުރާ ސީރީޒެކެވެ.

ލޯބީގެ އަދި ހެއްވާ މަންޒަރުތަކެއް ދައްކުވައިދޭނެ ޖުމްލަ 20 އެޕިސޯޑުގެ ޑްރާމާ ސީރީޒް ދައްކާނީ ބައިސްކޯފުންނެވެ.

މިހާރު "ގިރިޓީ ލޯބި" ގެ ޓްރެއިލާ ވެސް ޔޫޓިއުބަށް ދޫކޮށްލާފައިވާއިރު އެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފަ އެވެ. އެ ޓްރެއިލާ އިން ވަނީ ސީރީޒަށް ކުރެވޭ އިންތިޒާރު ބޮޑު ކޮށްފަ އެވެ.

މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާ "ގިރިޓީ ލޯބި" ޑައިރެކްޓް ކުރަނީ ޑާކްރެއިންގެ ގިނަ ފިލްމުތައް ޑައިރެކްޓްކުރާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

"ގިރިޓީ ލޯބި"ގެ މެއިން ކާސްޓުންގެ ތެރޭގައި "އެހެނަސް" އިން ވިދާލި ވިޝާލް(ރޯމަން) އާއި އައިމިނަތު ރަޝްފާ(އާޝާ) ގެ އިތުރުން އާދަމް ރިޒްވީ(ރެކްސް) އަދި މުހައްމަދު މަނިކު ހިމެނެ އެވެ.

އޭގެ އިތުރުން މުހައްމަދު ފައިސަލް ސީރީޒްގެ މުހިއްމު ރޯލަކުން ފެންނާނެ ކަމަށް މޮގާ ބުނާއިރު މުޅިން އާ މޫނު ތަކަކާއި އެކު ގިނަ ތަރިންތަކެއް އެ ސީރީޒުން ފެންނާނެ އެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ކުރިޔަށް ވެސް ރިލީޒްވާން އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ނޮވެމްބަރ" އާއި "ބަޅިނދު" ގެ އިތުރުން "ބީވީމާ" ވެސް ހިމެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް