ads
ދިއްލީގައި ވައި ނުސާފުވުމުން އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަންގާފައި- ފޮޓޯ: ނިއުސް 18
ވައި ނުސާފުވުމުގެ ސަބަބުން ނިއުދިއްލީ ލޮކްޑަރުން ކުރަނީ
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އާދަޔާ ހިލާފަށް ވައިނުސާފުވުމުގެ ސަބަބުން އެ ސިޓީ ލޮކްޑައުންކުރަން އެގައުމުގެ ސުޕްރީމް ކޯޓުން ލަފާދީފި އެވެ.
Advertisement

އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ދިއްލީގެ ހާލަތު ރަނގަޅު ކުރުމަށް ވަގުތުން ވަގުތަށް ފިވަޅުތަކެއް އެޅުމާއެކު އެ ސިޓީ ލޮކްޑައުން ކުރުމަށް ލަފާދީފައެވެ.

ދިއްލީ ލޮކްޑައުން ކުރަން ލަފާ ދިނުމުން ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖިރްވާލް ވަނީ އެ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދިނުން ވަގުތީ ގޮތުން ހުއްޓާލައި އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދާގޮތަށް އަންގާފައެވެ. އަދި ސަރުކާރު ހުރިހާ އޮފީސްތަކުގެ މަސައްކަތް މުވައްޒަފުން ގޭގައި ބައިތިއްބައިގެން ކުރިއަށް ގެންދަން ވަނީ އަންގާފައެވެ. 

އޭގެ އިތުރުން ޕްރައިވެޓް އޮފީސްތަކުން ވެސް ކޮންމެހެން މުވައްޒަފުން މަސައްކަތަށް ނެރެން ޖެހުމުން ނޫނީ ގޭގައި ބައިތިއްބައިގެން ކުރިއަށް ގެންދިއުމަށް ކެޖިރްވާލް ވަނީ ނަސޭހަތްތެރިވެފައެވެ.

އެ ސިޓީގައި ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރުން މަނާކޮށްފައިވާއިރު އާދަަޔާ ހިލާފަށް ވައި ނުސާފުވުމަށް މެދުވެރިވީ އަވަށްޓެރި ސްޓޭޓްތަކުގެ ދަނޑުތައް ސާފުކުރުމަށް އަލިފާން ރޯކުރުމުގެ ސަބަބުން ކަމަށް ކެޖިރްވާލް ވިދާޅުވި އެވެ. އަދި ވައި ނުސާފުވުން ހުއްޓުވުމަށް ކަމާ ގުޅުން ހުރި އެންމެހާ ފަރާތްތައް އެކީގައި މަސައްކަތް ކުރުމަށް ޗީފް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ. 

ހޮނިހިރު ދުވަހު ހެނދުނު ދިއްލީގެ ވައިގެ ކޮލިޓީ ވަނީ ނުރައްކާ މިންވަރަށް ތަގައްޔަރު ވެފައެވެ. އެ ސިޓީގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ހޮނިހިރު ދުވަހު ވަނީ 499 އަށް ރިކޯޑް ކުރެވިފައެވެ.  

 އޭކިއުއައި 301 އަށްވުރެ މައްޗަށް ދިއުމުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރަން ޖެހެއެވެ. އޭކިއުއައި 300އަށް ވުރެ މައްޗަށް ދިއުމުން ވަކި ގްރޫޕެއް ވަކި އުމުރަކަށް ނުވާ ގޮތަށް އެ ސަރަހައްދުގައި އުޅޭ އެންމެނަށް ސިއްހީ ގޮތުން ނުރައްކާވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް