ads
ފޮޓޯ: ކޮވިޑް
އިތުރު 184 މީހުން ޕޮޒިޓިވްވެއްޖެ
އިތުރު 184 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި 4،533 ސާމްޕަލް ނަގާފައިވެއެވެ.

އޭގެ ތެރެއިން 184 މީހުން އަލަށް މި ބައްޔަށް ޕޮޒިޓިވްވީއިރު ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްރަށުން ޖުމްލަ 141 މީހުން މިވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

މާލެއިން 11 ޕޮޒިޓިވްކޭސް ފެނިފައިވާއިރު ބައެއް ރިޒޯޓްތަކުން ނެގި ސާމްޕަލްތަކުގެ ތެރެއިން 27 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކުގެ ގޮތުގައި ޖުމްލަ  2228 ކޭސް އުޅޭއިރު މިވަގުތު 13 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

މިއަދު އަލަށް ޕޮޒިޓިވްވި 184 މީހުންނާއެކު ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 89،713 އަށް އަރާފައެވެ. މީގެ ތެރެއިން 87،225 މީހުން މި ބަލިން ވަނީ ރަނގަޅުވެފައެވެ.

މިދިޔަ އަހަރު އެޕްރިލް މަހުގައި ރާއްޖޭގައި ވެސް ހަލުވިކަމާއެކު ފެތުރެންފެށި މި ބަލީގައި މިހާތަނަށް 247 މީހަކު ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް