ads
ނ.ކުޑަފަރީ
ކޮވިޑް ހާލަތު ގޯސްވެ 31 ރަށެއް މޮނިޓަރިންގައި!
ކޮވިޑުގެ ހާލަތު ގޯސްވެ، އިތުރު ހަތް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނައުމާއެކު މި ވަގުތު މޮނިޓަރިންގައި އޮތް ރަށްތަކުގެ ޖުމްލަ އަދަދު 31 އަށް އަރައިފިއެވެ.

އެޗްއީއޯސީން ހާމަކުރި ގޮތުގައި މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްރަށަކީ ނ.ވެލިދޫ، ނ.ކުޑަފަރީ، ގދ.ފަރެސްމާތޮޑާ، ގއ.މާމެންދޫ، ފ.ބިލެއްދޫ، ދ.މާއެނބޫދޫ އަދި ރ.އަލިފުށި އެވެ.

މިއަދު މޮނިޓަރިންނަށް ލީ ހަތް ރަށާއެކު ޖުމްލަ 15 ރަށެއް މިވަނީ މި މަހުގެ ތެރޭގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މި އަދަދަކީ މިދިޔަ މަހާ އަޅާ ބަލާއިރު ދެ ގުނަ އިތުރު ވުމެކެވެ. މިދިޔަ މަސް ނިމުން އިރު މޮނިޓަރިންގެ ހާލަތުގައި އޮތީ 16 ރަށެކެވެ.

މިއަދު މޮނިޓަރިންއަށް ލީ ހަތް ރަށުގެ އިތުރުން ދެން މޮނިޓަރިންގައި އޮތް ރަށްރަށަަކީ ގއ.ކަނޑުހުޅުދޫ، ރ. އިންނަމާދޫ، ރ. މީދޫ، ރ. މަޑުއްވަރީ، ތ. ތިމަރަފުށި، ބ. ހިތާދޫ، ށ. ގޮއިދޫ، މ. މުލިީގެ އިތުރުން ކ. ހުރާ، ނ. މިލަދޫ، މ. ދިއްގަރު، ށ. ފުނަދޫ، ކ. ގުރައިދޫ، ނ. ކެނދިކުޅުދޫ، މ. މުލައް، ނ. ހޮޅުދޫ، ބ. ގޮއިދޫ، ލ. ގަން. ފ. ނިލަންދޫ، ސ. ހުޅުމީދޫ، ސ. މީދޫ، ސ. މަަރަދޫ، ސ. މަރަދޫ ފޭދޫ އަދި އައްޑޫ ސިޓީގެ ހިތަދޫ އެވެ.

މިހާރު މޮނިޓަރިންގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ އައްޑޫ ސިޓީގެ ފަސް ރަށެެވެ. އައްޑޫގައި ކޮވިޑް ފެތުރެން ފެށުމާއެކު މިިދިޔަ އޯގަސް މަހުގެ 28 ވަނަ ދުވަހު އެ ސިޓީ ވަނީ ލޮކްޑައުންވެސް ކޮށްފައެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތު މިހާރުވެސް އަންނަނީ ގޯސް ވަމުންނެވެ. ދުވަހެއް ދުވަހަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ގިނަ ވަމުން އަންނަ އިރު މިވަގުތު ވެސް އެ ސިޓީގައި ޖުމްލަ 396 އެކްޓިވް ކޭސް ހުރިކަން ފާހަގަކޮށްލެވެއެވެ. އެ ސިޓީން މިހާތަނަށް 2،461 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

އަތޮޅު ތެރޭގެ ހާލަތު ގޯސްވަމުން އަންނަކަން ފާހަގަކޮށްލެވޭ އިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ފަރުވާ ކުޑަ ނުކޮށް މި ބަލިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އިލްތިމާސް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް