ads
ބަލިވެ އުޅޭ ގެރިއަށް އެމްބިއުލެންސްގެ ޚިދުމަތް ދޭން ފަށާނެ ކަމަށް އުއްތަރު ޕްރަދޭޝްގެ ވަޒީރަކު ވަނީ ވިދާޅޫވެފައި
އިންޑިއާގައި ގެރިއަށް އެމްބިއުލެންސްގެ ހިދުމަތްދޭން ފަށަނީ
ބަލިވެ އުޅޭ ގެރިއަށް އެމްބިއުލެންސްގެ ހިދުމަތް ދޭން ފަށަން އުޅޭކަމަށް އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ވަޒީރަކު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ގެރިއަށް ހާއްސަކޮށް އެމްބިއުލެންސްގެ ހިދުމަތް ދޭން ފަށަނީ މުޅީން އަލަށެވެ. މިއީ ގެރިއަށް މީގެކުރިން ދެމުން އައި ހިދުމަތެއްނޫނެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބަލިވެ އުޅޭ ގެރިއަށް މީގެ ކުރިން އެމްބިއުލެންސްގެ ހިދުމަތް ދީފައެއް ނުވެއެވެ.

ވަޒީރު ލަކްޝަމީ ނާރާއިން ވިދާޅުވިގޮތުގައި 112 އަށް ގުޅައިގެން އެމްބިއުލެންސްގެ ހިދުމަތް މިހާރު ހޯދާގޮތަށް 515 އަށް ގުޅައިގެން ގެރިއަށް ބޭނުންވާ އެމްބިއުލެންސްގެ ހިދުމަތް ވަގުތުން ލިބޭނޭ ގޮތް ހެދުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

"އެމްބިއުލެންސަށް ގުޅާތާ 15-20 މިނިޓުގެތެރޭގައި ޑޮކްޓަރަކާއި ދެ އެހީތެރިންނާއެކު އެމްބިއުލެންސް ގެރިއޮތް ތަނަކަށް ދާނެ." މިނިސްޓަރ ވިދާޅުވިއެވެ. "މި ޚިދުމަތާ ގުޅޭ ޝަކުވާ އަޑުއެހުމަށް ޓަކައި ކޯލް ސެންޓަރެއް ވެސް އަޅުގަނޑުމެން ލަކަނޫގައި ހަދާނަން. ޑިސެމްބަރު މަހުގެ ތެރޭގައި މި ޚިދުމަތް އަޅުގަނޑުމެން ފަށާނަން." ލަކްޝަމީ ވިދާޅުވިއެވެ.

އިންޑިއާގެ ބައެއް ހިންދޫންނަކީ ގެރިއަށް އަޅުކަންކުރާ ބައެކެވެ. އެހެންވެ އިންޑިއާގެ ބައެއް ސަރަހައްދު ތަކުގައި ގެރިމަސް ކެއުމަކީ މަނާކަމެކެވެ. ނަމަވެސް ދިވެހީން އާންމުކޮށް ދަތުރުކުރާ ކެރެލާ ސްޓޭޓުގެ ތުރިވިނަންތަ ޕޫރަންއާއި ކޮޗިންގެ ކާ ތަންތަނުން ގެރިމަސް ކާން ލިބެންހުރެއެވެ.

އިންޑިއާގެ ގެރިއަށް އެމްބިއުލެންސްގެ ހިދުމަތް ދޭން ސަރުކާރުން ފަށާއިރު ގައުމުގެ އެތައް މިލިއަން ބަޔަކަށް އެމްބިއުލެންސްގެ ހިދުމަތެއް ނުލިބެއެވެ.

13%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް