ads
ފަތަން ދަސްކޮށްދޭ ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން…ފޮޓޯ/ފުލުހުން
ފަތަން ދަސްކޮށްދޭ ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް!
ހއ. ކެލާ އަދި ހޯރަފުށީގައި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް، އެ ދެ ރަށުގެ ޕޮލިސް ސްޓޭޝަނާއި ރަށު ކައުންސިލް އަދި ސްވިމިންގ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އެ ދެ ރަށުގައި ވަކިވަކީން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރުމުގައި  އަމަލުކުރާނެ ގޮތާއި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެހެން މީހުންނަށް ފަތަން ދަސްކޮށްދިނުމުގައި އަމަލުކުރާނެ އެންމެ ރަނގަޅު ގޮތްތައް ދަސްކޮށްދީފައިވެއެވެ.

your imageފަތަން ދަސްކޮށްދޭ ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން…ފޮޓޯ/ފުލުހުން

އޭގެ އިތުރުން، ފަތަން ދަސްކޮށްދިނުމުގެ ތެރޭގައި ހާދިސާއެއް ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެ ގޮތްތައް އުނގަންނައިދީފައިވެއެވެ.

އާންމުންނަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ތެރެއިން ކެލާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 19 މީހުން ބައިވެރިވެ ފަސް ފުލުހުން ހިމެނޭހެން 16 މީހަކު ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.

ހޯރަފުށީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 18 މީހުން ބައިވެރިވެ ހަ ފުލުހުން ހިމެނޭހެން 14 މީހަކު ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް