ads
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
50 މެންބަރުންގެ އިއްތިފާގުން ނަފްރަތުގެ ބިލް ފާސްކޮށްފި
ފާޑުކިއުންތައް ގިނަވި ނަފްރަތުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައިވަނީ މުސްލިމަކާ ދިމާލަށް ކާފަރެކޭ ގޮވައިފިނަމަ ކުށަކަށް ވާގޮތަށެވެ. އެބިލްވަނީ ފަހުން އިސްލާހުތަކަކާއެކު ތަފްސީލު ކޮށްފައެވެ. ހިސާން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި އާންމު ތަނެއްގައި މުސްލިކަމަށް ކާފަރަކަށް ގޮވުން ކުށަކަށް ހެދުމާއި، ސޯޝަލް މީޑިއާގައި އަދި އާންމު ތަނެއްގައި އިސްލާމްދީނަށް ފުރައްސާރަ ކުރުން ކުށަކަށް ހެދުން ހިމެނެއެވެ.

މުސްލިމަކާ ދިމާލަށް ކާފަރެކޭ ގޮވުން ކުށަކަށް ހަދައި ހުށަހެޅި ބިލު އޭރު ފޮނުވާލީ ކޮމިޓީއަށެވެ.

މިއަދު މަޖިލީހުން ފާސްކޮށްފައިވާ ބިލަށް އަމަލު ކުރަންފަށާނީ ރައީސް ބިލު ތަސްދީގުކޮށް، ސަރުކާރު ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ނަފްރަުގެ ބިލުގައި ދީނީ އިލްމުވެރިންގެ ކަންބޮޑުވުން ކުރިން ފާޅު ކުރައްވާފަވަނީ މާބޮޑު ތަފްސީލުތަކެއް ނެތި މީހުން ކުށްވެރި ވާ ގޮތަށް ބިލް އޮތުމުންނެވެ. އެހެންނަމަވެސް ފަހުން ވަނީ އެބިލަށް ތަފްސީލްތައް އިތުރު ކޮށްފައެވެ. 

ބިލުގައި ގާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގެ ފަހަތަށް އިސްތިސްނާގެ އަކުރެއް އިތުރުކުރަން ކޮމިޓީން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް