ads
އާމިރު ހާން…
އާމިރުގެ "ލާލް ސިންގް ޗައްޑާ" އަންނަ އަހަރު އެޕްރިލް އަށް؟
އާމިރު ހާނާއި ކަރީނާ ކަޕޫރު ލީޑު ރޯލުކުޅެފައިވާ "ލާލް ސިންގް ޗައްޑާ" އަންނަ އަހަރުގެ އެޕްރިލް މަހު 14 ވަނަ ދުވަހު ރިލީޒްކުރަން ޓާގެޓްކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެ ފިލްމަކީ އެކި ފަހަރު މަތިން ރިލީޒްކުރަން ހަމަޖައްސާ ތާރީހުތަކަށް ބަދަލު ގެންނަމުންދާ ފިލްމެކެވެ.

އެގޮތުން  އަންނަ މަހު ފަހުކޮޅު ފިލްމު އަޅުވަން ވެސް ނިންމިއެވެ. އަނެއްކާ ވެސް އަޑުތައް އިވެން ފެށީ އަންނަ އަހަރު ފެބްރުއަރީ މަހު ފިލްމު ރިލީޒްކުރާނެ ކަމަށެވެ. ނަމަވެސް ތަފާތު ސަބަބު ތަކަކާއި ހުރެ ފިލްމު އެޅުވުން ލަސްކުރީ އެވެ.

މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ އެޕްރިލް މަހު ފިލްމު ރިލީޒްކުރާށެވެ. ހަމަ އެދުވަސް ކޮޅުގެ ތެރޭގައި ސަންޖޭ ދަތާއި ޝާހްރުކް ހާން ލީޑު ކުޅޭ "ކޭއެފްޖީ 2" ވެސް ރިލީޒްކުރަން ނިންމާފައިވާ ކަމަށް ރިޕީޯޓްތަކުން ބުނެ އެވެ.

ކައިރި ކައިރިން ދެ ފިލްމެއް ރިލީޒްކުރުމުން ބޮޑު ވާދަވެރިކަމެއް އުފެދޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

"ލާލު ސިންގް ޗައްޑާ" އަކީ 100 ވުރެ ގިނަ ލޯކޭޝަނުގައި މަންޒަރުތައް ނަގާފައިވާ ފިލްމެކެވެ. އެއްކޮށް ޝޫޓިން ވެސް ނިމިފައިވާ އެ ފިލްމު ޝޫޓްކޮށްފައިވާ ތަންތަނަށް ބަލާއިރު ދިއްލީ، ކޮލްކަތާ، މުމްބާއި އަދި ޕަންޖާބު ހިމެނެއެވެ.

އާމިރުގެ ފިލްމު ކުންފުނި އާމިރު ހާން ޕްރޮޑަކްޝަން (އޭކޭޕީ) އާއި ވަޔަކޮމް 18 މޯޝަން ޕިކްޗާޒް ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ 2017 ގައި ރިލީޒް ކުރި އާމިރުގެ "ސީކްރެޓް ސުޕަސްޓާ" ގެ ޑައިރެކްޓަރ އަދުވައިތު ޗަންދަން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް