![](https://cnm.mv/media/images/0198F943-97C4-4FB7-A17A-CD2FB17AC0DD.jpeg)
ދާދިފަހުން ޕޮޑްކާސްޓެއްގައި ޖޯޖު ވަނީ އޭނާގެ އަމިއްލް ދިރިއުޅުމުގެ ކަންކަން ހިއްސާކޮށްފަ އެވެ. އެގޮތުން އަމަލް އޭނާ ވަނީ އަމަލް އާ ދިމާވުމުގެ ކުރިން ދުވަހުވެސް މީހަކާ އިންނާނެ ކަމަށް ވެސް އަދި ދަރިން ހޯދާނެ ކަމަށް ވެސް ހިތަކަށް ނާރާ ކަމަށް ބުނެފައެވެ.
“އަހަރެން ބޭނުން ނުވޭ އޭރުން ދުވަހަކުވެސް ކައިވެނި ކުރާކަށް، އެހެން ހުއްޓާ މި އާދަޔާ ހިލާފު އިންސާނެއް އަހަރެންގެ ދިރިއުޅުމަށް އައީ. އަހަރެން އޭނާ ދެކެ މޮޔަވާވަރަށް ލޯބިވޭ. އެހާ ހިސާބުން އަހަންނަށް އެނގުނު ހުރިހާ ކަމެއް ދެން ތަފާތު ވާނެ ކަން.” ޖޯޖު ބުންޏެވެ.
ޖޯޖު ބުނީ ކައިވެނިކުރިތާ އަހަރެެއް ފަހުން ރަހުމަތްތެރިއެއްގެ ގެއަށް ދެމީހުން އެކީ ދިޔަ ކަމަށެވެ. އެގޭގައި ކުޑަކުއްޖަކު އަޑުގަދަކުރާތީ ވަރަށް އުދަގޫވި ކަމަށާއި އިރުކޮޅަކުން ދެމީހުން އެކީގައި ހިނގާލަން ނުކުތް ކަމަށް އޭނާ ބުނެއެވެ.
“ހިނގާލަން ދަނިކޮށް ކުއްލިއަކަށް އަމަލް ބުނީ އަހަރުމެން މިއީ ދިރިއުޅުމުގައި ވަރަށް ނަސީބުވެރިބައެއް ކަމަށް. އަހަރެން ބުނިން އާންއެކޭ. އަމަލް ބުނީ ‘އެހެންކަމުން ހިނގާ މިކަހަލަ ނަސީބެއް އިތުރުބަޔަކާ އެކު ހިއްސާ ކުރަމާ’. އަހަރުން ބުނިން އަމަލް ތައްޔާރަށް ހުރިއްޔާ ހިނގާށޭ.” ޖޯޖު ޕޮޑްކާސްޓުގައި ބުންޏެވެ.
އޭގެ އިތުރުން ޖޯޖު ވަނީ އެއް މާބަނޑު ދެދަރިން ލިބުނީތީ ވަރަށް އުފާކުރާ ކަމަށް ބުނެފަ އެވެ.
ޖޯޖު އާއި އަމަލްގެ ދަރިން ކަމަށް އެލެކްޒެންޑްރާ އަދި އެލާއަށް މިހާރު ވަނީ ހަތަރު އަހަރު ފުރިފައެވެ.