ads
ސުޝާންތު ސިންގް ރާޖުޕުތު--
އެކްސިޑެންޓެއްގައި ސުޝާންތު އާއިލާގެ 5 މީހަކު މަރުވެއްޖެ
ދަތުރު ކުރަމުން ދިޔަ ކާރު ޓްރަކެއްގަ ޖެހި އެކްސިޑެންޓްވެ ސުޝާންތު ސިން ރާޖުޕުތްގެ އާއިލާއަށް ނިސްބަތްވާ 5 މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
Advertisement

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ސުޝާންތު އާއިލާގެ ފަސް މީހަކު މަރުވެފައިވާއިރު އެ އާއިލާގެ އިތުރު ހަތަރު މީހަކަށް ދަނީ ސީރިއަސް އަނިޔާތަކާއެކު ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އެކްސިޑެންޓްވީ ސުޝާންތު އާއިލާ މީހެއްގެ ޖަނާޒާގައި ބައިވެރިވުމަށް އެމީހުން ދަތުރުކުރަމުން ދަނިކޮށެވެ.

ޑްރައިވަރާއެކު ޖުމްލަ ހަ މީހަކު އެ އެކްސިޑެންޓުގައި މަރުވެފައިވެއެވެ.

އެމީހުން ދަތުރުކުރަމުން ދިޔައީ ދިހަ މީހުންގެ ޖާގައިގެ އެސްޔޫވީ ކާރެއްގަ އެވެ. އިންޑިއާގެ ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ހިތާމައިގެ ވަގުތުގައި ސުޝާންތުގެ އާއިލާއަށް ވަނީ އިތުރު ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިފައެވެ.

ސުޝާންތު އޭނާ ދިރިއުޅޭ އެޕާޓްމެންޓުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. ސުޝާންތުގެ އޮޓޯޕްސީ ރިޕޯޓުތަކުން އޭނާ މަރުވީ ދަންޖެހިގެން ކަމަށް ދެއްކިނަމަވެސް އޭނާގެ މަރުގެ މައްސަލައިގެ ތެރެއަށް ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެއް ވަދެފައެވެ. 

25%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް