މި ބައްދަލުވުމުގައި، މަޔާ އިން ވަނީ ރާއްޖެ އަށް ކްރޫސްލައިނާތަކާއި ޔޮޓުތައް ގެންނަން އޭޖެންޓުންގެ ކަންބޮޑުވުންތަކާއި، މި ވަގުތު އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
އަދި އެމްޕީއެލް އިން ވަނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ހިދުމަތްތައް ރަނގަޅުކުރުމަށް އެކުލަވާލާފައިވާ ޕްލޭންތަކުގެ މައުލޫމާތުތައް މާޔާއާ ހިއްސާކޮށްފަ އެވެ.
އެމްޕީއެލް ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި، މާޔާގެ އިސް އޮފިޝަލުންނާ އެމްޕީއެލްގެ ފަރާތުން ބައްދަލުކުރީ ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އަދި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނެވެ.