ads
އައިޝްވާރިޔާގެ ކުޑަ އާއިލާ…
ޗުއްޓީ ނިންމާލާ އައިޝްވާރިޔާގެ އާއިލާ އެނބުރި ގައުމަށް
ބޮލީވުޑްގައި ކާމިޔާބު ޖޯޑު އަބީޝޭކް ބައްޗަން އާއި އައިޝްވާރިޔާ ރާއީ އަދި އެ ދެ މީހުންގެ ދަރިން ރާއްޖޭގައި ހޭދަކުރަމުންދިޔަ ޗުއްޓީ ނިންމާލާ އެނބުރި ގައުމަށް ހިނގައްޖެއެވެ.

އައިޝްވާރިޔާގެ އާއިލާ ޗުއްޓީ ހޭދަކޮށްފައިވަނީ އަމިއްލަ މޯލްޑިވްސް ރިސޯޓް އެންޑް ރެސިޑެންސް ގައެވެ.

އެ ދެ މީހުން އެނބުރި ގައުމަށް ދިޔައީ އިއްޔެގެ ވަގުތެއްގައި ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އެދެމަފިރިންނާއި ދަރިން މުންބާއީ އެއާޕޯޓުގައި ތިއްބާ ޕަޕަރާޒީން ނަގާފައިވާ ބައެއް ފޮޓޯތައް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖޭގައި އަބީޝޭކް އާއި އައިޝްވާރިޔާ ޗުއްޓީ ހޭދަކޮށްފައިވާއިރު މިފަހަރުގެ ޗުއްޓީގައި ވަނީ ދަރިފުޅުގެ ދިހަ ވަނަ އުފަންދުވަސް އެ ރިސޯޓްގައި ފާހަގަކޮށްފައެވެ.

އައިޝްވާރިޔާ ވަނީ ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރަމުން ނަގާފައިވާ ބައެއް ފޮޓޯ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ދައްކާވެސް ލާފައެވެ.

ދެ ފަންނާނުންގެ ވެސް ފާހަގަކޮށްލެވޭ ފިލްމީ މަސައްކަތްތަކެއް ކުރިއަށްހުރި އިރު މިދޭތެރެއިން ވަނީ އައިޝްވާރިޔާ ބަނޑު ބޮޑު ކަމަށް ވެސް ބުނެ އަޑުތަކެއް އަރުވާފައެވެ. އެހެން ނަމަވެސް އޭނާ އެކަމަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

އައިޝްވާރިޔާ އާއި އަބީޝޭކް ކައިވެނިކޮށްފައިވަނީ 2007 ވަނަ އަހަރުގެ ތެރޭގައެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް