ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމު ސިނަމާތަކަށް އަންނާނީ 26 ޖެނުއަރީ 2023 ގައެވެ.
ލަވް ރަންޖަން އާއި އަންކުރް ގާރގް ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޝޫޓިން ވަނީ މި އަހަރުގެ ކުރީކޮޅު ފަށާފައެވެ.
ބުޝަން ކުމާރްގެ ޓީ ސީރީޒުން ޑިސްޓްރިބިއުޓް ކުރާ މި ފިލްމުގެ ޓީމުން މިހާރު ދަނީ ދިއްލީގައި ފިލްމުގެ އެންމެ ފަހު މަންޒަރުތައް ނަގަމުން ކަމަށް ހަބަރުތައް ބުނެއެވެ.
މިހާތަނަށް އައި އިރު ނަން ހާމަކޮށްފައި ނުވާ އެ ފިލްމުގައި ރަންބީރާއި ޝްރައްދާގެ އިތުރުން ކުރީގެ ޑިމްޕަލް ކަޕާޑިއާ އާއި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރު ފެނިގެންދާނެއެވެ. ޑިމްޕަލް އާއި ބޯނީ ކުޅެނީ ރަންބީރްގެ މަންމަ އާއި ބައްޕަގެ ރޯލުކަމަށް ހަބަރުތައް ބުނެއެވެ.
ލަވް ރަންޖަންގެ އެ ފިލްމު ރިލީޒްކުރަން މިހާރު ނިންމާފައިވާ ތާރީހުގައި ބޮލީވުޑްގެ އެހެން ފިލްމެއް ވެސް ރިލީޒްކުރަން ވަނީ ހަމަ ޖައްސާފައެވެ. އެއީ ރިތިކް ރޯޝަން އާއި ދީޕިކާ ޕަޑުކޯން ލީޑު ރޯލު ކުޅޭ “ފައިޓާ” އެވެ