
"ބޮސް އޮފް މައި ބޮޑީ" މި ފޮތަކީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގްވަމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.
ހުޅުމާލޭގައި ހުންނަ ފޮތް ގާޑިޔާގައި މިއަދު ހެނދުނު އިފްތިތާހްކުރެވުނު މި ފޮތަކީ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ ގިނަ މައުލާމުތުތަކެއް ހިމަނައިގެން އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްފައިވާ ފޮތެކެވެ.
"ބޮސް އޮފް މައި ބޮޑީ" ފޮތުގެ މަހްސަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ރައްކާތެރި ނޫން ބީހުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެހީތެރިވެދިނުމެވެ. މި ފޮތުގައި އެ މައުލޫއާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެއެވެ. މި ފޮތުގައިވާ ގޮތުން ކޮންމެ ކުއްޖެއްގެ ބޭނުންތަކާއި އެކުއްޖަކު ދެކޭގޮތުގެ އިތުރުން ކޮންމެ އާއިލާއެއްގެ ވެސް ބޭނުންތަކާއި ދެކޭގޮތުގެ މައްޗަށް ބިނާކޮށް އެކިކުދިންގެ ވާހަކަތައް ތަފާތުވާނެއެވެ. އަދި މި ފޮތުގައިވާ ގޮތުން ފޮތުގައި ހިމެނޭ ބައެއް ބައިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައިވާ އިޖުތިމާޢީ އަދި ޢާއިލީ މިންގަނޑުތަކަށް ގޮންޖެހުންތަކެއް ހުރެދާނެ ބައިތަކެކެވެ.
ފޮތް އިފްތިތާހުކުރުމަށްފަހު އެފޮތް މެޑަމް ފަޒްނާ އެތަނުގައި ތިބި ކުދިންނަށް ވިދާޅުވެދެއްވަނީ-----
މި ފޮތް އިފްތިތާހްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ހަފްލާގައި ބައިވެރިވިކުދިންނަށް މި ފޮތް ވިދާޅުވެދެއްވާފައެވެ. އަދި އެކަމަނާ ވަނީ މިފަދަ ފޮތެއްގެ މުހިންމުކަން ފާހަގަކުރައްވާ އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.