ads
ރައީސް 2019 ވަނައަހަރު މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދެއްވުމުގެ ޖަލްސާގައި
600 އަށްވުރެ ގިނަ ދަރިވަރުންނަށް މިހާރުވެސް ހެނދުނުގެ ނާސްތާ އެބަ ދެވޭ: ރައީސް
600 އަށްވުރެ ގިނަ ދަރިވަރުްނނަށް މިހާރުވެސް ހެނދުނުގެ ނާސްތާ އެބަދެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

2019 ވަނައަހަރު ސާނަވީ އިމްތިހާން ތަކުން މަތީ ވަނަ ތައް ހޯދި ދަރިވަރުންނަށް އިނާމު ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ، ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ކުރަން ފެށި، ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. 

"ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިވަގުތު މަޑުޖައްސާލައިފައި އޮތަސް، އެކަމަށް ބޭނުންޖެހިފައި ތިބި 600 އަށްވުރެ ގިނަ ދަރިވަރުންނަށް މިހާރުވެސް ހެނދުނުގެ ނާސްތާ އެބަ ދެވޭ. ދަރިވަރުންގެ ސްކޫލް މަރުޙަލާގައި ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ، ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. 2019 ވަނަ އަހަރު ފެށި އިންޓަރގްރޭޓެޑް ހެލްތު ސްކްރީނިންގ ޕްރޮގްރާމުން އެކަން ޙާޞިލް ކުރެވޭނެ" ރައީސް ސޯލިހު ވަދާޅުވިއެވެ. 

އޭގެ އިތުރުން ރައީސް ސޯލިހު ވަދާޅުވީ ތައުލޫމީ ދާއިރާއިން ހާއްސަ އެއހީއަށް ބޭނުންވާ ކުދީންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަކީ ވެސް ސަރުކާރުގެ ޒިންމާއެއް ކަމަށާއި އެކަން ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން އުނގެނުމުގަޔާއި، އެނޫން ގޮތްގޮތުންވެސް ޚާއްސަ އެހީއަށް ބޭނުން ކުދިން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ކަމަށާއި، ތަޢުލީމު ޙާޞިލް ކުރުމުގައިވެސް އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން އުފެއްދި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަރާތުން އެކަމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމުގެ ޤާނޫނެއް ތަންފީޒު ކުރަން ފެށީ، ހިނގަމުންމިދާ 2021 ވަނަ އަހަރުގެ ތެރޭގައި ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ޢަމަލުކުރަން ފެށީވެސް، ހަމަ މި އަހަރުގެ ތެރޭގައި ކަމަށެވެ. އަދި މިއީވެސް މުޅިން އަލަށް ރާއްޖޭގައި ޢަމަލުކުރަން ފެށި ޤާނޫނެއް ކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

"އާދެ، މި ދެ ޤާނޫނުގެ ބޭނުމަކީވެސް، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު، ތަޢުލީމީ ހުރިހާ މަރުޙަލާއެއްގައި ފުރިހަމައަށް ކަށަވަރުކޮށްދިނުން. އެއްވެސް ތަފާތުކުރުމެއްނެތި، ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނުދީ، އިސްލާމީ ޢަޤީދާއާއި، އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމަކީވެސް މި ޤާނޫނުގެ ވަރަށް މުހިންމު މަޤްޞަދެއް" ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް