ads
ރޭގެ ހަފްލާގައި އިނާމް ލިބުނު ބައެއް ދަރިވަރުން
ދަރިވަރުން މަތީ ސާނަވީ އަށް ނުދަނީ ކީއްވެގެންތޯ ބަލަން ޖެހޭ: ރައީސް
ސާނަވީ އިމްތިހާ ނިންމާ ކުދިންގެ ތެރެއިން މަތީ ސާނަވީއަށް ގިނައަދަދެއްގެ ދަރިވަރުން ނުދަނީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ 5 އަހަރަށް ބަލާއިރު ކޮންމެ އަހަރަކު އެވްރެޖްކޮށް 5600 ދަރިވަރުން ސާނަވީ އިމްތިހާން ނިންމާފައިވެއެވެ. އެހެންނަމަވެސް މަތީ ސާނަވީގައި އެވްރެޖްކޮށް އަހަރަކު ބައިވެރިވެފައިވަނީ 2040 ދަރިވަރުންނެވެ. އިންސައްތައިން ބުނާނަމަ މަތީ ސާނަވީ ހަދަން ބޭނުންވަނީ ސާނަވީ ހަދާ ކުދިންގެ ތެރެއިން 35 އިންސައްތަ ދަރިވަރުންނެވެ. 64 އިންސައްތަ ދަރިވަރުން މަތީ ސާނަވީ ތައުލީމު ފުރިހަމަކުރަން ބޭނުން ނުވެއެވެ. 

މިކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ މިކަން މިހެން މިވަނީ ކިހިނެއް ވެގެންތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ބެލެނިވެރިންވެސް، މަތީ ސާނަވީ ފުރިހަމަކުރުމަށް އެކުދީންނަށް ހިތްވަރު ދެއްވުމަށްވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ. 

މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ދައުލަތުގެ މުއައްސަސާތަކުންވެސް، އަދި ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ، މަތީ ޘާނަވީ ފުރިހަމަކުރަން. ގްރޭޑް 10 ނިމުނީމާ، ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް އަޅުގަނޑު އިލްތިމާސް ކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ، އެ ކުއްޖެއްގެ މުސްތަޤްބަލް އެކަންޏެއް ނޫން ކަމަށާއި، އެއީ މުޅި ޤައުމަށް ލިބޭ ގެއްލުމެއް ކަމަށެވެ. އެންމެ ކުއްޖަކުވެސް ތަޢުލީމީ ޙަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ، ޤައުމަށް ގެއްލޭނެ ވަރަށް އަގުބޮޑު ރައުސްމާލެއް ކަމަށާއި، އެއީ ގައުމު ކުރިއެރުވުމަށާއި، ގައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްގީވެ ކުރިއަރާ ތަނެއް ނޫން ކަމަށާއި، ގައުމު ތަރައްގީ ވަނީ ގައުމުގައި އުޅޭ މީހުން ތަރައްގީވެގެން ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމު ކުރިއަރަނީ، ތިމާ ހުރި ހާލަތުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުގެ ވިސްނުން، ގައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި، އެ އަޒުމުގައި އެކަމަށް މަސައްކަތް ކޮށްގެން ކަމަށެވެ. 

2019 ވަނައަހަރު ސާނަވީ އިމްތިހާނުގައި މުޅި ދުނިޔެއިން އެއްވަނަ ހޯދި 5 ދަރިވަރުން ހިމެނެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ހިމެނޭ 42 ދަރިވަރަކު ވެސް ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް