ads
ލ.ކުނަހަންދޫ
ބޮޑުހުރާ ކުއްޔަށް ދޫކުރަނީ
ލ ކުރެދިހުރާ (ބޮޑު ހުރާ) ކުއްޔަށް ދޫކުރުމަށް އިއުލާނުކޮށްފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ގަރާރު ގައި ބަޔާން ކޮއްފައިވާ ގޮތުގެ މަތިން ލ ކުނަހަންދޫ ކައުންސިލްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ލ. ކުރެދިރެހާ(ބޮޑުހުރާ) ކުއްޔަށް ދޫކުރުމަށް އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައިވާ ގޮތުގެ މަތީން ޕްރީ ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަމަ 30 ނޮވެމްބަރު 20221 ވަނަ ދުވަހުގެ މެންދުރު13:00 ގައި ކުނަހަންދޫ ކައުންސިލްގެ އިދާރާގައެވެ. އަދި ބިޑު ހުށަހެޅުންވަނީ 9 ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ކުނަހަންދޫ ކައުންސިލްގެ އިދާރާގައެވެ. 

އެކަމަށް ކުރިމަތިލެވެނީ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެނައުމަށް އަންގާފައިވެއެވެ. އަދި މައުލޫމާތުސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އެސްޓިމޭޓެއް ބަލައެއް ނުގަނެވޭނެކަމަށް މި އިއުލާނުގައި އަންގާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް