ads
ސީލައިފް އާއެކު ގެދޮރު އެޅުމަށް އެއްބަސްވި ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މުޒާހަރާގައި
ފްލެޓް އަގުހެވެއް ނުކުރި، އަންމަޓީއަށް ފައިސާ ދެއްކި މީހުން އެންމެފަހުން މަގުމައްޗަށް
ކޯޓު ހުކުމާއެއްގޮތަށް، ސަރުކާރުން ދިން ފްލެޓްތަކުގެ އަގު ހެޔޮ ނުކުރުމުގެ ސަބަބުން ، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) އަށް ފައިސާ ދެއްކި މީހުން މުޒާހަރާ އަށް ނުކުމެއްޖެއެވެ.

އަންމަޓީ އަށް ފައިސާ ދެއްކި 203 މީހުންގެ ތެރެއިން ސީއެންއެމްއާ ވާހަކަ ދެއްކި އަލީ ރަޝީދު ބުނީ ކޯޓުން ނިންމާފައިވަނީ އަންމަޓީއަށް ދައްކާފައިވާ އަދަދަށްވުރެ ބޮޑު ނުވާނެ އުސޫލަކުން ފްލެޓްތައް ދޭން ވާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ދީފައިވާ ފްލެތްތަކުގެ ތެރެއިން އެންމެ ކުޑަ ކުލީގައި ލިބޭތަނަކަށްވެސް ޖުމްލަ 4.5 މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އަލީ ރަޝީދު ބުންޏެވެ. 

your imageސީލައިފް އާއެކު ގެދޮރު އެޅުމަށް އެއްބަސްވި ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މުޒާހަރާގައި

އަޅުގަނޑުމެންގެ މައްސަލައަކީ ހުކުމުގައިވާ އަދަދާ އެއްގޮތަށް ފްލެޓްތައް ލިބިދީފައިނުވާތީ. އެހެން ވެގެން މިދިއަ ހުކުރު ދުވަހު އަޅުގަނޑުމެން މުޒާހަރާ އަށް ނުކުތީ" އަލީ ރަޝީދު ބުންޏެވެ. 

އޭނާ ބުނީ އެ މައްސަލާގައި ރައީސް އަށް ސިޓީ ފޮނުވައިގެން އުޅޭތާ ހަމަސްދުވަސް ވެއްޖެ ކަމަށާއި އަދިވެސް އެއޮފީހުން ޖަވާބު ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިއަދު އެމައްސަލާގައި އޭނާއަށް ރައީސް އޮފީހުން ޖަވާބު ދީފައިވާ ކަމަށާއި އެގޮތުން ރައީސް އެކަމުގައި ބައްލަވަން ޖެހޭ ކަންކަން އިދާރާތަކުން ބެއްލެވުމަށްފަހު ކުރެވެން ހުރީ ކޮންކަންމެއްތޯ ބެއްލެވުމަށްފަހު ފްލެޓްވެރީންނާއެކު ބައްދަލު ކުރައްވާނެ ކަމަށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. 

your imageސީލައިފް އާއެކު ގެދޮރު އެޅުމަށް އެއްބަސްވި ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މުޒާހަރާގައި

"އަޅުގަނޑު ބުނިން ކުރިންވެސް އަޅުގަނޑުމެންގެ ވަކީލުންނާ ރައީސް ބައްދަލު ކުރައްވާފައިވަކަމަށް. އެހެންކަމުން ޖުމްލަގޮތެއްގައި ރައީސްއަށް މިމައްސަލައިގެ ކަންކަން އެނގިވަޑައިގަންނަވަކަމަށް ދެކޭ ކަމަށް. އެހެން ބުނީމަ ބުނީ މި ކޭސްގައި އިތުރު މައްސަލަތަކެއް ދިމާވެފައިވާތީ އަލުން އެޗްޑީސީއާއި އިކޮނޮމިކް މިނިސްޓްރީއާއި ދެންވެސް ހުރި އިދާރާތަކާއި ވާހަކަ ދެއްކުމަށްފަހު ބައްދަލު ވުމަކަށް ހުޅުވާލާނެކަމަށް" އަލީ ރަޝީދު ބުންޏެވެ. 

މި 203 މީހުންނާއެކު ސީލައިފުން އެއްބަސްވީ 2017 ވަނަދުވަހު މާޗް މަހު ގެތަށް ނިންމަ ގޮތަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް ވަންނާނެ ތަނެއް  ނުލިބި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށްވެސް އަލީ ރަޝީދު ބުންޏެވެ. 

your imageސީލައިފް އާއެކު ގެދޮރު އެޅުމަށް އެއްބަސްވި ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މުޒާހަރާގައި

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް