ads
ވެލިދޫ ކައުންސިލުން ވަނީ ރަށުގައި ހުރި މައްސަލަތައް ރައީސްއާ ހިއްސާކުރައްވާފައި- ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހް ވެލިދޫ ކައުންސިލާއި ބައްދަލުކުރައްވައިފި
ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް، ނ. ވެލިދޫ ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.

އާދިއްތަ ދުވަހު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ރަށުގެ ތަރައްޤީއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސިއްހީ ހިދުމަތް އިތުރަށް ތަރައްގީ ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބަނދަރު ހަލާކުވުމާއި ރަށް ގިރުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށްވެސް ބިން ދޫކުރުމުގައި ހުރި ދަތިކަމުގެ އިތުރުން ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމްތަކުގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހައްލު ހޯދައިދެވެންހުރި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ކައުންސިލަށް ދެއްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް