ads
އެމީހާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައިފޮޓޯ: ސީއެންއެމް
ތަޅާ އަނިޔާކޮށް ގުޅައަކަށް ޖެހީ ފާރަށް: 85 އަހަރުގެ ބޭބެ ނަފްސާނީ ބިރުވެރިކަމެއްގައި!
އުމުރުން 85 އަހަރުގެ އުމުރުން ދުވަސްވެފައިވާ އަހުމަދު ފުޅު އަކީ ހިޔާ ފްލެޓަށް އަލަށް ބަދަލުވި އާއިލާތަކުގެ ތެރޭގައި ހިމެނޭ މީހެކެވެ. މިމަހުގެ 15 ވަނަ ދުވަހު އެޕާޓުމެންޓުން ނިކުމެގެން ލިފްޓާއި ދިމާލަށް ހިނގާފައިދިޔައީ އާދައިގެ މަތިން ހިތްހަމަ ޖައްސާލަން ބޭރަށް ނިކުމެލުމަށެވެ. ނަަމަވެސް އެދުވަހަށްފަހު ޖިސްމާނީ ގޮތުން އެތަކެއް އަނިޔާތަކެއް ލިބި ނަފްސާނީ ގޮތުން މިއަދު އަހުމަދު ފުޅު ހުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

އެ ހާދިސާގެ ފަހުން ބޭބެ އާއި ދިމާވި އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު "ސީއެންއެމް" އަށް ކިޔައިދިން ގޮތުގައި އެ ބޭބެ ލިފުޓަށް އަރަން ދަނިކޮށް ފަހަތުން ފިރިހެން ކުއްޖަކު އަންނަން ފެށި ކަމަށާއި ދުރުންވެސް އެހެން ބަޔަކު އަންނަން ފެށިކަމަށް އެބޭބެ ބުނެއެވެ. 

ފަހަތުން އައިސް އެ ފިރިހެން ކުއްޖާ މަޑުކޮށްލީ މުހައްމަދުފުޅު ކައިރީއެވެ. މަޑުކުރުމުން މުހައްމަދުފުޅު އޭނާ ކައިރީ އެހީ އެއީ ކޮން ރަށެއްގެ ކުއްޖެއް ހެއްޔެވެ؟ އޭނާ ބުނިކަމަށްވަނީ މިއީ ލާމު އަތޮޅު މީހެކޭއެވެ. އެހެން ބުނުމުން ބޭބެ ފަހަތަށް އެބުރި ހިނގައިގަންތަނާ ފުއްމައިގެން އައިސް މުހައްމަދުފުޅުގެ ގައިމައްޗަށް އަރާ ގަމީސް ވީދާލިއެވެ. އޭރު އެބަޔަކު އެބޭބެގެ ވޮލެޓު ނަގައިގެން ފޭރިވެސް ގަނެފިއެވެ. އެއަށްފަހު ގުޅައަކަށް ފަރާ ދިމާލަށް ކޮއްޕާލުމަށްފަހު އެމީހުން ވޮލެޓު ހިފައިގެން ފިލީއެވެ. ކޮއްޕާލުމުން އެވަގުތު ބޭބެ ގޮސް ޖެހުނީ އެ ތަނުގައި ހުރި ފާރެއްގެ ދާރުގައެވެ.

ކޮށްޕާލުމުން ގޮސް ދާރުގައި ޖެހުނު އަތުގެ ބޮޑު ބައެއް ވަނީ ނޫފައިގަނެ ލޭ އަރާފައެވެ. ދާރުގައި ޖެހި ކަފައިގެން ގޮސްފައިވާ ގޮތަށް ހުރި ތަންތަން އަތުގައި ހުއްޓެވެ. އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އެވޭނުގައި ހުއްޓާ ބޭބެ އާއި ދިމާވި އާއްމުންގެ ބަޔެކެވެ. އޭގެފަހުން މިއަދަށް އަށް ދުވަސް ވީއެވެ. 

ފުލުހުން އެކަން ތަހުގީގުކުރާނެ ކަަަމަށް ބުނިނަމަވެސް އަދިވެސް މިކަމުގައި މީހަކު ހައްޔަރެއް ނުކުރެއެވެ. ނުވިތާކަށް ބޭބެއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާއެއް ދިނުމަށްވެސް އެވަގުތު ފުލުހުން އޭނާ ގެންގޮސްފައެެއް ނުވެއެވެ. އަށް ދުވަސް ވީއިރު އެއަނިޔާތައް އަދިވެސް ހުރީ އެގޮތަށެވެ. ނޫފައިގަނެފައިވާ އަތުން ލޭގަނޑުވެ، ދުވަސްވީ މީހާގެ އަތުގެ މަސްގަނޑުން އެ ޒަހަމު މިހާރު ކުރިއަށްވުރެ ބޮޑެވެ.

"އަންހަނަކަށް އިންސާފެއް ނެތް"

އަހުމަދު ފުޅުގެ މިވާހަކަތައް ކިޔައިދިން މީހާ ބުނާގޮތުން އެވާހަކަތައް ދެއްކިއިރު އޭނާ ހުރީ ފެންކަޅިވެފައެވެ. ވަކި ހިސާބަކަށްދިޔައިރު، ބާރަށް ރޯން ފެށިއެވެ. ރޮމުން ބުނި އެއްޗަކީ "އަންހަންނަކަށް އިންސާފެއް ނެތޭ" އެވެ. އޭނާ ބުނީ  ފުޅު ހުރީ ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. 

އެ ސަރަހައްދުން ވާހަކަދެއްކި މީހާ ބުނާގޮތުގައި ފޭސް1 އަށްވަނަ ބަސް ސްޓޮޕް ކައިރީ އެތަނަށް ވަންނަ ބައިގައި ހުންނަ ބޫތު ކައިރީވެސް ކުށްކުރާ މީހުން ދަނީ ނިދަމުން ކަމަށެވެ. އެއީ ބިރުވެރިކަމެއް ކަން ފާހަގަ ކުރަމުން އޭނާ ބުނީ ފޭސް ދޭއްގެ ތިރީގައި ހުންނަ ހުސް ގޮޅިތަކުގައިވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ފޭރެން އެމީހުން ގޭންގު ހަަދައިގެން ތިބޭ ކަމަށެވެ. 

ފުލުހުން ފޯނަށް ޖަވާބު ނުދޭތީ މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. 

5%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
74%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް