 
                                                                                                
                    ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ ރާޖް މެހެތާ އެވެ. އޭނާ އަކީ 2019 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު “ގުޑް ނިއުސް” ގެ ވެސް ޑައިރެކްޓަރު ކަން ފާހަގަކޮށްލެވެއެވެ.
ވަރުން އާއި ކިއާރާ އާއެކު އަނިލް ކަޕޫރާއި ނީތޫ ކަޕޫރްގެ އިތުރުން މަނީޝް ޕޯލް އާއި ޕްރަޖަކްތާ ކޯލީ ވެސް މި ފިލްމުގެ މުހިންމު ރޯލުތަކަކުން ފެނިގެންދާނެ އެވެ.
ޖޭ ޕަޓޭލް ކެމެރާ ކޮށްފައިވާ ”ޖުގް ޖުގް ޖީޔޯ“ އަކީ ކޮމެޑީ ޑްރާމާ އެއް ކަމަށް ބައެއް މީޑިއާތަކަށް ކުރިން ދިން އިންޓަވިއުތަކުގައި ފިލްމުގެ ޓީމުން ބުނެފައިވެއެވެ.