ads
ޕްރިޔަންކާ ޗްޕްރާ ޖޯނަސް އަދި ނިކްޖޯނަސް
ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމް ނަމުން ޖޮނަސްގެ ނަން ކަޑާލައިފި
ނިކް އާއި ޕްރިޔަންކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގައެވެ.

ޕްރިޔަންކާގެ އިންސްޓަގްރާމުގައި ޖަހާފަައިވާ ނަމުން ޖޯނަސްގެ ނަން ކަނޑާލުމާއިއެކު މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ލޯބިން އުޅޭ ޖޯޑު ކަމަށްވާ ނިކް އަދި ޕްރިޔަންކާ ވަކިވާން އުޅޭކަމުގެ އަޑުތައް ގަދަވާން ވަނީ ފަށާފައެވެ.

މީގެ ކުރިން ނަމުގައި އޭނާ ޖަހާފައި އިންނަނީ ޕްރިޔަންކާ ޗޯޕްރާ ޖޮނަސް އެވެ. ބައެެއް ހިސާބުތަކުގައި ކައިވެނިކުރުމަށް ފަހު އަންހެން މީހާގެ ނަމުގެ ފަހަތަށް ފިރިމީހާގެ ނަން ގެންނަން ޖެހެއެވެ.

ޕްރިޔަންކާ އިންސްޓަގްރާމުން އޭނާގެ ނަން މިހާރު ފެންނަނީ ޕްރިޔަންކާ ޗޮޕްރާ މި ނަމުގައިއެވެ. އަދި ޔޫސަ ނޭމަކަށް އިންސްޓަގްރާމުގައި މިހާރު އިންނީ ޕްރިޔަންކާ އެކަންޏެވެ. 

ބައެއް މީހުން ބުނާގޮތުން މިއީ އެދެމީހުންގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭކަމުގެ ނިޝާނެކެވެ. އަނެއް ބަޔަކު ބުނަނީ އޭނާގެ ނަމުން ޗޯޕްރާވެސް ކަނޑާލާފައި އިންނައިރު، ޖޮނަސްގެ ނަން ކަނޑާލުމަކީ މާބޮޑު ކަމެއް ނޫނެވެ. 

ނިކް އާއި ޕްރިޔަންކާގެ ލޯބި ފެށިގެން އައީ ޓުވިޓާ މެދުވެރިކޮށް ކުރި މެސެޖަކުންނެވެ. 2016 ވަަނަ އަހަރު ފުރަތަމަ އިސްވެ ޕްރިޔަންކާއަށް މެސެޖުކުރީ ނިކް އެވެ. ނަމަވެސް އެ ދެ މީހުން ލޯބީގެ ގޮތުން ގުޅި ޑޭޓް ކުރަން ފެށީ އޭގެ އަހަރެއް ފަހުންނެވެ.

ނިކް ޕްރިޔަންކާއަށް ޓުވިޓާއިން ކުރި އެމެސެޖުގައި ބުނީ ދެ މީހުންގެ ރައްޓެހިން އެ ދެ މީހުން ދިމާވާން އެދެމުންދާ ކަމަށެވެ. ހަމަ އެ ދުވަހު ޕްރިޔަންކާ އެ މެސެޖަށް ރިޕްލައިކޮށް ބުނެފައިވަނީ ޓުވިޓާ މެދުވެރިކޮށް ކުރާ މެސެޖުތައް އޭނާގެ ޓީމަށް ފެންނާނެ ކަމަށެވެ. އަދި ސީދާ ޕްރިޔަންކާއަށް މެސެޖުކުރުމަށް ވަނީ އެދިފައެވެ. އެ ދެމީހުންގެ ލޯބީގެ ގުޅުން ފެށިގެން ދިޔައީ އެ ހިސާބުންނެވެ.

ނިކް އާއި ޕްރިޔަންކާގެ ކައިވެންޏަށް މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ނިކް ޕްރިޔަންކާ އަށް ޕްރޮޕޯސް ކުރީވެސް ވަރަށް ތަފާތު ގޮތަކަށެވެ. އެގޮތުން ނިކް ޕްރިޔަންކާއަށް ޕްރޮޕޯސް ކޮށްފައިވަނީ 200,000 ޑޮލަރުގެ ޑައިމަންޑު އަނގޮށްޓި އަކުންނެވެ.

ނިކް އާއި ޕްރިޔަންކާގެ ޖޯޑަކީ ގިނަ ބަޔެއްގެ މަގްބޫލުކަމާއި ލޯބި ލިބިފައިވާ ޖޯޑެކެވެ.

22%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް