ads
އާޗީ——
އާޗީގެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން
އިނގިރޭސި ވިލާތުގެ ވަލީ އަހުދް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަންގެ ފުރަތަމަ ދަރިފުޅަކީ އަޗީ ހެރިސަން މައުންޓްބަޓެން ވިންޑްސޯ އެވެ. ހެރީ އާއި މޭގަންއަށް އަލަތު ފިރިހެން ދަރިކަލުން އާޗީ ލިބިވަޑައިގެންނެވީ 6 މެއި 2019 ވަނަ އަހަރެވެ.
Advertisement

ދަރިކަލުނަށް މިހާރު ދެ އަހަރުވެފައިވާއިރު މެގަންވަނީ މިދިޔަ ބްރާސްފަތި ދުވަހު އޭނާ ބައިވެރިވި މަޝްހޫރު ކޮމެޑީ ޝޯ އެލެން ޝޯ ގައި ދަރިކަލުންގެ މިހާރުގެ ފޮޓޯއެއް ދައްކާލާފައެވެ.

މެގަން އާއި ޕްރިންސް ހެރީ މިހާރު ދިރިއުޅުއްވާ ކެލެފޯނިއާގެ ގޭގެ ކުކުޅު ފާމުގައި ވަށިގަނޑެއް ހިފައިގެން އާޗީ ހުރި ފޮޓޯ ނަގާފައިވަނީ އޭނާގެ ފަހަތުނެވެ. މި ފޮޓޯ އާއްމުވުމާ އެކު ގިނަ ބަޔަކު ވަނީ ފޮޓޯ އާ އެކު ޓްވީޓްތައް ކޮށްފައެވެ. އެގޮތުން އާޗީގެ ރެޑިޝް ކުލައިގެ އިސްތަށިގަނޑު ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ. ބައްޕަ ހެރީ ފަދައިން އާޗީގެ ވެސް ރެޑިޝް އިސްތަށިގަނޑެއް ހުރުމުން ގިނަ ބަޔަކު ވަނީ އެކަން ފާހަގަކޮށްފައެވެ. 

މިއީ އާޗީ ވިހޭ ފަހުން ވަރަށް ތުއްޕުޅުއިރު އާއްމުކުރި ފޮޓޯއަށް ފަހު އާޗީގެ ފޮޓޯއެއް އާއްމުކުރި ފުރަތަމަ ފަހަރެވެ. 

މިހާރު އަންހެން ދަރިކަނބަލަކުވެސް ލިބިވަޑައިގަންފައިވާއިރު، އެ ދަރިކަނބަލުންގެ ނަން ހާއްސަކޮށްފައިވަނީ ހެރީގެ މާމާފުޅު، އިގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އާއި ހެރީގެ މަންމާފުޅު ޕްރިންސަސް ޑަޔާނާ އަށެވެ.

އެގޮތުން މެގަން އަދި ހެރީގެ ދެވަނަ ދަރިކަނބަލުގެ ނަމަކީ ލިލިބެޓް ޑަޔާނާ މައުންޓްބަޓެން ވިންޑްސޯ އެވެ.

"ލިލިބެޓް" އަކީ މާމާފުޅު، ރާނީ އެލިޒަބަތުގެ ވަނަމެވެ. ބުނެވޭގޮތުން މިފަހަކުން އަވަހާރާވި ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ޕިލިޕްސް ރާނީ އެލިޒަބަތަށް ލޯބިން ކިޔާ އުޅުއްވަނީ "ލިލިބެޓް"އެވެ.

ހެރީގެ މަންމާފުޅުގެ ނަންފުޅު "ޑަޔާނާ" ދަރިކަނބަލުގެ ނަމުގެ ފަހަތަށް ގުޅުވާފައިވާއިރު، މަންމާފުޅު ޕްރިންސަސް ޑަޔާނާ ވަނީ ހެރީ ވަރަށް  ތުއްޕުޅުއިރު އަވަހާރާވެފައެވެ. 

ދަރިކަނބަލުން ލިލިބެޓް ޑަޔާނާއަށް ލޯބިން ވިދާޅުވާނީ ލިލީ އެވެ. ލިލީ އުފަންވެފައިވަނީ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައެވެ. މި ދަރިކަނބަލުން ވާނީ ރާނީ އެލިޒަބަތުގެ 11 ވަނަ މުނިމާމަ ދަރިކަނބަލުންނަށެވެ. އަދި އިނގިރޭސި ތަހުތަށް އޮތް ތަރުތީބަށް ބަލާ ނަމަ ނުވަ ވަނަ އަށް ހުންނެވި ބޭފުޅާ އަށެވެ.

ޝާހީ އާއިލާއާ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި ޝާހީ ޒިންމާތައް ދޫކޮށްލައްވައި ހެރީ އާއި މެގަން ވަނީ އެމެރިކާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް