ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހެންބުނެފައިވަނީ އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައެވެ.
އިސްމައިލް މާހިރުގެ އަމިއްލަ މަސްލަހަތު ހިމެނޭކަން ހާމަނުކުރައްވައި ވިޔަފާރި ކުރަމުންދާ ކަމަށް ބުނެ ޖޭއެސްސީއަށް ހުށައަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
މެޖިސްޓްރޭޓް އިސްމާއިލް މާހިރު މާވަށު ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަން ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ.
ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންގެ ގިނަ މައްސަލަތައް ދަނީ ފެންމަތި ވަމުންނެވެ. އަދި ބައެއް މައްސަލަ ތަކުގައި ތަހުގީގު ކުރެވި ބައެއް މެޖިސްޓްރޭޓުންގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ.