ads
ޖާޒީގެ ޓްރެއިލާގެ މަންޒަރެއް…
"ޖާޒީ"ގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް!
އަންނަ މަހުގެ 31 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ޖާޒީ" ގެ ޓްރެއިލާ އާންމު ކުރުމާއެކު ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެއެވެ.

ޝާހިދު ކަޕޫރު ލީޑު ރޯލު ކުޅެފައިވާ އެ ފިލްމުގެ ޓްރެއިލާ ޔޫޓިއުބް މެދުވެރިކޮށް އާންމު ކުރިތާ އެއް ދުވަސް ތެރޭ 17 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. 

ޓްރެއިލާ އިން ޝައުގުވެރި އެތައް މަންޒަރެެއް ކުރު ގޮތަކަށް ދައްކުވާލި އިރު ދެ ތަރިންގެ އެކްޓިން ފިލްމުން ބަލާލަން ގިނަ ބަޔަކު މިހާރު ތިބީ އިންތިޒާރުގައެވެ.

ގޯތަމް ތިނައްނޫރީ ޑައިރެކްޝަން ހަދާފައިވާ "ޖާޒީ" ގައި ޝާހިދު އާއެކު ފެންނާނީ  މުރްނާލް ތާކުރެވެ. ޝާހިދު އެ ފިލްމުގައި ފެނިގެންދާނީ މަޝްހޫރު ކްރިކެޓް ކުޅުން ތެރިއެއްގެ ރޯލުންނެވެ. 

މީގެ އިތުރުން ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރް ވެސް ފެނިގެން ދާނެ ކަން ފާހަގަކޮށްލެވެއެވެ. 

އަހަރު ނިމޭ ދުވަހު ސިނަމާތަކަށް ގެންނަން ފިލްމުގެ ޓީމުން ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު ޝާހިދުގެ ގިނަ ފިލްމީ މަސައްކަތްތަކެއް ކުރިއަށްވެސް ހުރިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާ ވަނީ "ބުލް" ކިޔާ ފިލްމަކަށް މިފަހުން ސޮއިކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް