ads
އެމްއެންޕީ ރަޖިސްޓްރީ ކުރިކަމުގެ ލިޔުން އީސީން ހަވާލުކުރަނީ: ފޮޓޯ އެމްއެންޕީ
އެންއެންޕީއަށް 10 ހާސް މީހުން! ޓާގެޓަކީ އަންނަ އަހަރު 20 ހާސް ހަމަ ކުރުން!
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއި ކުރި މީހުންގެ އަދަދު 10 ހާހަށް އަރައިފިއެވެ.

އެ ޕާޓީން ބުނީ، ކުރު މުއްދަތެއްގެ ތެރޭގައި ޕާޓީގެ މެންބަޝިޕް 10 ހާހަށް ވުރެ އިތުރު ކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކޮށްދެއްވީ ޕާޓީގެ ހީވާގި މެންބަރުން ކަމަށެވެ.

އެހެން ކަމުން އެމްއެންޕީން ވަނީ އެ ހުރިހާ މެންބަރުން ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރުއަދާ ކޮށްފައެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން ޕާޓީން ބުނީ، ޕާޓީ ރަޖިސްޓްރީ ކުރުމަށް ފަހު މިހާ ކުޑަ ދުވަސްކޮޅެއް ތެރޭ 10 ހާސް މީހުންނަކީ ހިތް ހަމަ ޖެހޭ އަދަދެއް ކަމަށާއި ޓާގެޓަކީ މި ފެށޭ 2022 ވަނަ އަހަރު އިތުރު 10 ހާސް މީހުން ހޯދާ މެންބަޝިޕް 20 ހާހަށް ބަދަލު ކުރުން ކަމަށެވެ.

އެމްއެންޕީ ވުޖޫދުވެ ރަސްމީކޮށް ލޯންޗުކުރުމަށްފަހު ޕާޓީއަށް މީހުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.

މި ޕާޓީގެ ލީޑަރުންނާއި އިސް ފަރާތްތަކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ޕާޓީގެ ސިޔާސަތުތައް ގިނަ ބަޔަކަށް ކިޔައިދީ ޕާޓީއަށް މީހުން އިތުރު ކުރަމުންނެވެ.

މި ފަހުން ވެސް ޕާޓީއަށް ގިނަ ފޯމް ތަކެއް ލިބުނު އިރު މަޝްހޫރު އެތަކެއް ފަރާތަކުން ވެސް އަންނަނީ އެމްއެންޕީއަށް ސޮއިކުރަމުންނެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް