އިންސާނީ ހައްގުތަކަށް އަރައިގަނެ ހައްޔަރުގައި ތިބޭ މީހުންނަށް ޓޯޗާ ކުރި ކަމުގެ ތުހުމަތު ރައީސީއަށް ކުރެވިފައި ވަނިކޮށް އޭނާ އެ މަގާމަށް އިންތިހާބުކުރުމުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޔޫއޭއީގެ ޖަލުތަކުގައި ޓޯޗާ ކުރުމުގެ އަމަލުތައް ހިނގާ ކަން އެނގި ހުރެ ރައީސީ ވަނީ އެކަމަށް ބީރުކަންފަތެއް ދީފައެވެ.
ނަމަވެސް ޔޭއީގެ ފޮރިން މިނިސްޓްރީ ތަރުޖަމާނު ވިދާޅުވީ ރައީސީ އަކީ އަބަދުވެސް ޓޯޗާ ކުރުން ފަދަ އަމަލުތަކާ ދެކޮޅަށް އަޑު އުފުލަމުން އައި ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ފުލުހުން ބޭނުން ކުރާ ނަމަ އެކަމާއި ދެކޮޅަށް އަޑު އުފުލާނެ ބޭފުޅެއް ކަމަށް ބަޔާނުގައި ބުނެއެވެ.