މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަގެ ޑެޕިއުޓީ މިިނިސްޓަރުގެ މަގާމު ވެސް ފުރުއްވަމުންދާ ނިއުމާ އެލްޖީއޭގެ ނައިބު ރައީސްއަކަށް އައްޔަންކޮށްފައިވާކަން ހާމަކުރީ އިއްުޔެ އެލްޖޭއޭއިން ކުރި ޓްވީޓެއްގައެވެ.
އެ އޮތޯރަޓީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރަނީ ބޯޑުގެ މެންބަރުންގެ ތެރެއިން މީހެކެވެ. އެލްޖީއޭގެ ރައީސަކަށް ހުންނަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ފަސް އަހަރުގެ ދައުރެއް ކަނޑައަޅާފައިވާ އެލްޖީއޭގެ ބޯޑުގައި ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ހިމެނެން ޖެހެ އެވެ.
އަދި ގާނޫނަށް ގެނެވުނު އިސްލާހާއެކު އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއް އަދި، އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން މެންބަރެއް އިންނަވަން ޖެހެއެވެ.
އެލްޖީއޭގެ ބޯޑުގައި އިތުރަށް ހިމެނެނީ: