ads
ޝްރައްދާ އާއި ތުލްސީ
ތުލްސީގެ އަޑު އަހަންނާ ވަރަށް ގުޅޭ: ޝްރައްދާ
ކުޅަދާނަ ލަވަކިޔުންތެރިޔާ ތުލްސީ ކުމާރުގެ އަޑާ އެކްޓަރެސް ޝްރައްދާ ކަޕޫރުގެ އަޑާ ވަރަށް ގުޅޭ ކަމަށް ޝްރައްދާ ބުނެފިއެވެ.

ޝްރައްދާ ބުނިި ގޮތުގައި ތުލްސީއަކީ ވަރަށް ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. އަދި ތުލްސީގެ އަޑާ އަމިއްލަ އަޑާ ވަރަށް ގުޅޭ ކަމަށް އަމިއްލައަށް ގަބޫލު ކުރެވޭ ކަމަށް ޝްރައްދާ ވަނީ ބުނެފައެވެ.

އެގޮތުން "އާޝިގީ 2"ގެ ލަވަތަކުން ފެށިގެން ސާހޯގެ ލަވައެއް ކަމަށްވާ "އެންނީ ސޯނީ" ގައި ތުލްސީ އޭނާއަށް ލަވަ ކިޔާދީފައިވާ ކަމަށް ޝްރައްދާ ވަނީ ފާހަގަކޮށްފައެވެ. 

އޭގެ އިތުރުން އޭނާގެ އެންމެ ފަހު ލަވަ "ލަގްދީ ލަހޯރެ ދީ" ތުލްސީގެ އަޑުން ކިޔާފައިވާތީ އުފާވާ ކަމަށް ޝްރައްދާ ވަނީ ބުނެފައެވެ.

"ލަގްދީ ލަހޯރެ ދީ" އަކީ ޝްރައްދާގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ 3ޑީ"ގެ ލަވައެކެވެ. ފިލްމުގައި ޝްރައްދާ އާއެކު ވަރުން ދަވަން ފެނިގެންދާނެއެވެ. 

ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމަށް "އޭބީސީޑީ 3" ނުކީ ނަމަވެސް އެއީ ޑާންސް ސީރީޒް "އޭބީސީޑީ"ގެ ތިންވަނަ ބައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް