ads
ދުންޔާ މައުމޫން --
ޕީޕީއެމް އާއި އެމްޑީޕީއަށް ހިދުމަތެއް ނުުކުރެވުނު، އާ ޕާޓީއެއް ބޭނުންވޭ: ދުންޔާ
ޕީޕީއެމްއާއި އެމްޑީޕީއަށް ރައްޔިތުން އުންމީދުކުރިހާ ގާތަށްވެސް ހިދުމަތެއް ނުކޮށްދެވުނު ކަމަަށާއި އެހެންކަމުން ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ އިހްލާސްތެެރި އާ ސިޔާސީ ޕާޓީއެއް ބޭނުންވާކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
Advertisement

މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)އާއި ގުޅިވަޑައިގެން ސަބާބާއިމެދު "އަވަސް" ނޫހުގެ ސުވާލަކަށްފަހު ސުވާލެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުނީ ވަރަށް އުންމީދުގައި ކަމަށާއި، ނަމަވެސް މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ބޮޑު ދެ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީއާއި ޕީޕީއެމްއަށްވެސް ރައްޔިތުން ސަރުކާރެއް ހިންގަން ފުރުސަތު ދީފިކަމަށެވެ. ނަމަވެސް ރައްޔިތުން އެދޭ ކަންކަމާއި ގާތަށްވެސް މަސައްކަތެއް ނުކޮށްދެވޭ ކަމަށެވެ. 

"އެޕާޓީތަކުން އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން އެދޭކަންތައްތަކެއް އެއާއި ގާތަށްވެސް ކޮށްދެވިފައެއް ނުވޭ. ހިދުމަތްތަކެއް ކުރެވުނު ކަންތައްތަކެއް އެޗީވްވެސް ކުރެވުނު އެކަމަކު ބޮޑެތި މައްސަލަތައް ދެއްތޯ، މިސާލަކަށް ކޮރަޕްޝަން، އަދުލު އިންސާފުގެ ނިޒާމު، ހަމަހަމަޔަށް ރައްޔިތުންނަށް ހިދުމަތްތަކެއް ލިބުން. މިކަންތައްތައް އަސްލު ހަގީގަތުގައި ރަނގަޅު ނުވެ އިތުރަށް ގޯހުން ގޯހަށް ދާތަން އަޅުގަނޑުމެންނަށް މިފެންނަނީ" ދުންޔާ ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ރައްޔިތުން ބަލާ ގަންނަ އިހްލާސްތެރި އާ ބަޔަކު ބޭނުންވާކަަމަށް ދުންޔާ ވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ، އެކަމަނާ ސިޔާސީ ޕާޓީއަކާއި ނުގުޅި މަޑުކޮށްގެން ހުރީވެސް އެފަދަ ފުރުސަތަކަށް ކަމަށާއި، އެހެން ހުއްޓާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އިސްނަވައިގެން އަލަށް ޕާޓީއެއް އުފެއްދަވަން މަސައްކަތްކުރައްވަން ފެއްޓެވުމުން އެއީ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ދެކެވަޑައިގެން އެ ޕާޓީއާއި ގުޅިވަޑައިގަތީ ކަމަށް ދުންޔާ ވިދާޅުވިއެވެ. 

" އަޅުގަނޑަކީ އެއްވެސް އިރެއްގައި އެކަހަލަ އެއްވެސް ކަހަލަ އަމަލެއްގައި ބައިވެރިވެފައި ހުރި މީހެއް ނޫން. އަޅުގަނޑަށް އެކަހަލަ ބައެއް ފާޑުކިޔުން އައީ ވަކި ސަރުކާރަކާއި ގުޅިގެން ވަކި ބަޔަކާއިއެކު މަސައްކަތް ކުރެވިފައި ހުރީމަ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އާ ޓީމެއް އިހްލާސްތެރި ޓީމެއް އެބަ ބޭނުންވޭ" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ނަމަވެސް އެ ދަނޑިވަޅުގައި އުފެދުނު ސިޔާސީ ހަމަނުޖެހުންތަކާއިއެކު ކުރީގެ ރައީސް މައުމޫން އަދި ދުންޔާގެ ބައްޕާފުޅު ޖަލަށް ލުމާއި ގުޅިގެން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ސިޔާސީ ދާއިރާއާއި ފޭގައި އެކަމަނާ ހުންނެވިއެވެ. ދުންޔާ މިހާރު ހުންނެވީ، އަލަށް އުފެދުނު އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސްގެ މަގާމުގައެވެ. 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް